ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ބަހުގެ ހިދުމަތް އޮމާންކަމާއިއެކު ކުރިއަށް ގެންދިޔުމަށް 453 އުޅަދެއްގައި ސްޓިކާރ ޖަހައިފި

ވެހިކަލްތަކެއްގައި ސްޓިކާ ޖެހުމަށް ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނީ ބަހުގެ ހިދުމަރް އޮމާންކަމާއިއެކު ކުރިއަށް ގެންދިޔުމަށް 453 އުޅަދެއްގައި ސްޓިކާ ޖަހައިފައިވާނެކަން ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

މާލޭގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފަރާތުން ދެމުން އަންނަ މިނީ ބަހުގެ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ ހާމަކުރުމަށް ފުލުހުން ކުރި ޓުވީޓެއްގައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން 24 ވަނަ ދުވަހާއި ހަމައަށް 32 ސައިކަލު ޓޯ ކޮށްފައިވާއިރު، ޓޯ ކުރީ ތިން ކާރުކަމަށެވެ.

ވައިލޭޝާން ސްޓިކާ ޖެހި އުޅަނދުތަކުގެ އަދަދު 453 އަރައެވެ.

 

މީގެ އިތުރަށް ފުލުހުން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ މިނީ ބަސް ދުއްވާ ރޫޓްގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާނެކަމަށާއި، އަދި ބަސް ރޫތަށް ދަތިވާގޮތަށް ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖަހަމުންދާނެކަމަށެވެ. އަދި ޓޯ ކުރަން ޖެހިއްޖެ ހާލަތެއްގައި ޓޯ ކުރާނެކަމަށްވެސް ފުލުހުންގެ ޓުވީޓުގައިވެއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލެގެ ބޮޑެތި މަގުތައްކަމަށްވާ އަމީނީ މަގާއި ސޯސަން މަގު އަދި އޯކިޑް މަގުގެ އިތުރުން މަޖީދީ މަގުގައިވެސް ވަނީ ޕާކުކުރުން މަނާކޮށްފައެވެ. މިއާއިއެކު ޕާކް ކުރާނެ ޖާގަ ދަތިވުމުގެ ސަބަބުން އާންމުގެ ގިނަ ބަޔަކު އަންނަނީ ޕާކު ކުރާނެ ތަން ނުދައްކާ ސްޓިކާ ޖެހުމުގެ ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ޕާކު ކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނަންކަމަށް މި ސަރުކާރުން ވައުދުވެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 30%ހައިރާންވެއްޖެ 0%ވަރަށް ދެރަ 70%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: