ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ދައްކަވާ ވާހަކަތަކަށް ރައީސް ނަޝީދު ފެކްޝަންގެ ފާޑުކިޔުން!

ރައީސް ސާލިހު، އިމްތިޔާޒް ފަހުމީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދައްކަވަނީ ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސިފަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރުމުގެ މުނާސާބަތުގައި ބޮޑު ތަކުރުފާނަކީ، ދިވެހި އަސްކަރިއްޔާގެ ދާއިމީ ކޮމާންޑާރ އިން ޗީފްކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާކަމަށް ފާހަގަކުރައްވާ އިމްތިޔާޒްވަނީ، ރާއްޖޭގައި ކުރިމަތިވާ ނުރައްކާތެރި ބޮޑެތި މައްސަލަތައް ހައްލު ކުރެވިފައިނުވާ ސަބަބަކީ ރައީސް ސާލިހުކަމަށް އިޝާރާތްކުރައްވާފައެވެ.

އިމްތިޔާޒް ވިދާޅުވީ، މީގެ ދުަސްތަކެއް ކުރިން އެމަނިކުފާނުވަނީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރެއިން ރާއްޖޭގެ ކޮމާންޑް އެންޑް ކޮންޓްރޯލް އަބަދުވެސް އޮންނަންވާނީ މިލިޓަރީގެ އަތްމަތީގައިކަމަށް ވިދާޅުވެފައިކަމަަށެވެ.

ރައީސް ސާލިހު ވިދާޅުވި ބަސްތަކަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާ އިމްތިހާޒްވަނީ ރައްޔިތުން ބާރުވެރި ކުރުވަންޖެހޭކަމަށް އިޝާރާތްކުރައްވާފައެވެ. އަދި މިލިޓަރީގެ ބަދަލުގައި ރައްޔިތުން ބާރުވެރި ކުރުމުގެ އުސޫލެއް ދިވެހިރާއްޖޭގައި ނުގެންގުޅެނީތޯވެސް އެނާ ސުވާލުކުރެއްވިއެވެ.

އިމްތިހާޒް ފަހުމީގެ އިތުރުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ވަނީ ރައީސް ސާލިހަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. ވަހީދު ވިދާޅުވީ، ކޮވިޑްގެ ދަތި ދުވަސްވަރުގައިވެސް ރައީސް ސާލިހުވަނީ އެމަނިކުފާނުގެ ކޮންޓްރޯލެއް ނެތްކަމުގެ އިޝާރާތްތަކެއް ކުރައްވާފައިކަމަށެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އެންމެ ފަހު ބަސް ބުނާނީ ސިއްހީ ދާއިރާގެ ބޭފުޅުންކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، ކުރިމަތިވާ ކަމެއްގައި މާހިރުންގެ ލަފާ ހޯދުން ނުތަ މަޝްވަރާތަކެއް ކުރުމަކީ ވަކި ކަމެއް ކަމަށެވެ. އަދި ގައުމުގެ ކަންކަމުގައި ފަހު ބަސް ބުނުމުގެ އިހުތިޔާރު ދިނުމާއި އެކަމާއި މުޅިން ތަފާތުކަމަށް ވަހީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: