ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭފަތުން ވަތް ދަގަނޑު ގޮސް ޖެހުނީ އުކުޅުވަޅުގެ ކަށިގަނޑުގައި، ބިދޭސީއަށް ފަރުވާދޭން އޭޑީކޭގެ ބުރަ މަސައްކަތެއް!

ބިދޭސީ މީހާގެ މޫނަށް ދަނގަޑު ހެރުނު ކޭސް އާއި ގުޅޭގޮތުން މައުލޫމާތު ދެނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތަކަށް، ދަގަނޑު އެރުވުމުގައި ހަރަކާތްތެރި ވަނިކޮށް ދަގަނޑު ރޮޑެއް ހެރި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ބިދޭސީ މީހާއަށް ފަރުވާ ދިން ޑޮކްޓަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭޑީކޭއިން ބުނީ ދަގަނޑު އޭނާގެ ގައިން ނެގުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހުނު ކަމަށެވެ. ކޭސްގެ މައުލޫމާތުތައް ހިއްސާކޮށް، ޑޮކްޓަރުން ބުނީ ބިދޭސީގެ ހަށިގަނޑަށް ދަގަނޑު ވަދެފައި ވަނީ ނޭފަތުގެ ކަށިތައް ފޫއަޅުވާލުމަށް ފަހު ކަމަށެވެ. އަދި މޫނުގެ ކަށިތައް މުގުރާލައި ދަގަނޑު ގޮސް ތަލީގައި ޖެހި ގޮސް ޖެހިފައި ވަނީ ކަރުގެ ފަހަތުން މައިބަދައިގަ އެވެ. އޭގެ ސަބަބުން މައިބަދައަށް ވެސް އެކިވަރުގެ ގެއްލުންތަކެއް ވެފައި ވެއެވެ. އަދި ދަގަނޑު ގޮސް އެންމެ ފަހުން މައިތިރިވީ ފުއްޕާމޭގެ އެއްބައިގައި ޖެހި ބަނޑުގެ މަސްގަނޑު ފޫއަޅުވާލައި ގޮސް އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހިގެންނެވެ.

ޑޮކްޓަރުން ބުނީ އުކުޅުވަޅު ކަށިގަނޑުގައި ޖެހި، ފުޅުއަޅުވާލި ނަމަ ދަގަނޑު ގޮސް ވައިވަޅުން ނިކުތީސް ކަމަށެވެ.

މި ހާދިސާގައި އޭނާގެ ފުރާނައަށް ގެއްލުންވާނެ ކަންތަކެއް ހިނގާފައި ހުއްޓެވެ. އެގޮތުން ދަގަނޑު ވަދެގެން ދިޔައީ ހިތާއި މައި ލޭހޮޅިތައް ގާތުންކަމަށް ވެފައި ފުރާނައަށް ގެއްލުން ވެދާނެ ފުރުސަތުތަކެއް ހުރިކަން ފާހަގަ ކުރި އެވެ. ޓީމުން ވަނީ ވަރަށް ތަފްސީލުކޮށް، އެ މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާކޮށްފަ އެވެ.

ހާދިސާގައި ބިދޭސީ މީހާގެ ފުއްޕާމެއަށް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ މާތްﷲ ގެ އިރާދަފުޅާއި، ކުޅަދުންވަންތަކަމުން ކަމަށާއި ބިދޭސީއަކީ ނަސީބު ރަނގަޅު މީހެއްކަމަށް ޑޮކްޓަރުން ބުންޏެވެ.

ބިދޭސީ މީހާގެ މޫނަށް ދަނގަޑު ހެރުނު ކޭސް އާއި ގުޅޭގޮތުން މައުލޫމާތު ދެނީ؛ ފޮޓޯ/ ވަގުތު

ޑޮކްޓަރުންގެ ޓީމުގެ ފާރާތުން ވާހަކަދައްކަވަމުން ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ފުއްޕާމެއަށް ލިބިފައިވާ ގެއްލުމަކީވެސް ކުޑަ ގެއްލުމެއްކަމަށް ހޮސްޕިޓަލުން ނުދެކޭކަމަށެވެ. އަދި އެ އަނިޔާގެ ސަބަބުން އެނާގެ ފުއްޕާމެއާއި މޭކަށިގަނޑު ދޭތެރެއަށް ލޭއެޅި، ވައި ލީކުވުމުގެ ސަބަބުން ނޭވާލުމަށް ދަތިތައް ކުރިމަތިކަމަށާއި، އެކަން ހައްލު ކުރީ މޭކަށިގަނޑުގެ އަރިމަތިން ތޮރުފައިގެން ހޮޅިއެއް ލައްވައި، ލޭ އަދި ވައި ހުސްވުމަށް ފުރުސަތު ފަހިކޮށްގެންކަމަށް ނިޔާފް ވިދާޅުވި އެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މައުލޫމާތު ދިންގޮތުން، މިހާރު ސާޖަރީތަކަށް ފަހު، ޕޭޝަންޓުގެ ފުއްޕާމޭގެ ހާލަތު ވެސް ރަނގަޅެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމެއް ނޫސްވެރިންނާއި އެކު ބޭއްވި މި ބައްދަލުވުމުގައިވަނީ ޕޭޝަންޓުގެ ހުއްދައާއި އެކު އެނާގެ ހާލަތު ފެނިގެންދާ ވީޑިއޯއެއް ވެސް ދައްކާލާފައެވެ. ވީޑިއޯއިން ފެނިގެންދާގޮތުން ނުރައްކާތެރި އެކްސިޑެންޓެއްގައި ޝަމިލުވެފައިވާ އެ ބިދޭސީ މިހާގެ ހާލަތު ރަނގަޅެވެ. އެގޮތުން އެނާ ހިނގާ ހަދާ މަންޒަރުވެސް ވީޑިއޯއިން ފެނިގެންދެއެވެ.

ބިދޭސީގެ ފުރާނަ ސަލާމަތް ކުރުމަށް، އޭޑީކޭ ހޮސްޕިޓަލުން ގާތްގަނޑަލަށް ނުވަ ގަޑިއިރުގެ ސިލްސިލާ ސާޖަރީތަކެއް ކުރި އެވެ. އަދި ސާޖަރީތަކަށް 11 ދުވަސް ވެފައިވާއިރު މިހާރު އޭނާ ހިނގާބިނގާވެ އުޅެވެ އެވެ. އަދި ވާހަކަ ވެސް ދެއްކެ އެވެ.

ޑޮކްޓަރުން ވަނީ، ކުރިޔަށް އޮތް ތަނުގައި އޭނާ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރި ވެވޭނެ ކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 58%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 5%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: