ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޔޫ އިން އޭޑީކޭ އާއެކު ދަރިވަރުން ތަމްރީން ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެލައިޑް ހެލްތުގެ ދާއިރާއިން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ އެމްއޯޔޫއެއްގައި އޭޑީކޭ ހޮސްޕިޓަލާއެކު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ މުހައްމަދު ޝަރިފް ވިދާޅުވީ އެ އެމްއޯޔޫގެ ބޭނުމަކީ އެމްއެންޔޫގެ ދަރިވަރުންނަށް އެލައިޑް ހެލްތްގެ ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް އޭޑީކޭ ހޮސްޕިޓަލާއި ގުޅިގެން ހިންގުން ކަމަށެވެ.

ޑރ ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި މިހާރުވެސް މެޑިސިން އާއި ނާސިންގެ ދާއިރާއިން އޭޑީކޭ އާ ގުޅިގެން އެމްއެންޔޫގެ ދަރިވަރުންނަށް އެކި ތަމްރީނު ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ.

އޭޑީކޭގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އެމްއެންޔޫ އާއި އޭޑީކޭ ހޮސްޕިޓަލް އާއި ގުޅިގެން ވަރަށް ވެސް ގާތުން މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އަދި ރާއްޖޭގައި ސިއްހީ ހިދުމަތް ދޭނެ މީހުން ތަމްރީނު ކުރުމުގައި ރަނގަޅު ފެންވަރު ހިފަހައްޓައި ރަނގަޅު ހުނަރުތަކެއް އެކުލެވިގެންވާ ބައެއްގެ ގޮތުގައި ނެރުމަށް އެމްއެންޔޫ އާއި ގުޅިގެން މަސައްކަތް ކުރަމުން ދާ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.

އޭޑީކޭ އާއި އެމްއެންޔޫ އާއި އެކު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ސިއްހީ އެކި ދާއިރާތަކުން ތަމްރީނު ހޯދުމުގެ ފުރުސަތު އެމްއެންޔޫގެ ދަރިވަރުންނަށް ލިބިގެންދާނެއެވެ. އެގޮތުން ތަމްރީނު ލިބިގެންދާނެ ދާއިރާ ތަކުގެ ތެރޭގައި

ޕްރައިމަރީ ހެލްތް ކެއަރ، ޕަބްލިކް ހެލްތް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ، ކައުންސެލިން، ސައިކޮލޮޖީ، ސޯޝަލް ވޯކް، ހެލްތް ސާވިސް މެނޭޖްމަންޓް، ފިޒިއޮތަރަޕީ، ފާމަސީ އަދި މެޑިކަލް ލެބޯޓްރީ ސައިންސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: