ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޔޫގެ މެޑިކަލް ސުކޫލު މައި ކެމްޕަހަށް ބަދަލުކުރަން ނިންމައިފި

އެމްއެންޔޫގެ ދަރިވަރުންތަކެއް. ފޮޓޯ: އެމްއެންޔޫ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސުކޫލު އެ ޔުނިވާރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ގައުމީ ޔުނިވާރސިޓީއިން ނެރެފައިވާ ބަޔާނެއްގައިވާގޮތުން، 2018 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލްގައި ކެމްޕަސް ގާއިމުކުރެވިގެންދިޔައީ ވަގުތީގޮތުންނެވެ.

އެހެންނަމަވެސް މިހާރު އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ހިދުމަތްތައް ހަރުދަނާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމަށްޓަކައި ޖާގަ ބޭނުންވާކަމަށްވުމުން މެޑިކަލް ސުކޫލުގެ ވަސީލަތްތައް ޔުނިވާރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށާއި އެކަަަަަަަަަަަަަަަަމުގެ ސަބަބުން ރައްޔިތުންނަށް ކުރާ ފައިދާތައް ބޮޑުވެގެންދާނެކަމަށް ގަބޫލުކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

ގައުމީ ޔުނިވާރސިޓީއިން ބުނެފައިވާގޮތުން މި ނިންމުމުގެ ސަބަބުން ކިޔަވާ ކުދިންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ކްލާސްތަކަށްވެސް ބުރުނާރާނެ އިންތިޒާމުތައެް ހަމަޖެއްސުމަށްވެސް މިހާރު ޔުނިވާރސިޓީއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރީބާ ލިބިދިނުމުގެ މަސައްކަތްތައް ދަރުމަވަންތަ ހޮސްޕިޓަލް މެދުވެރިކޮށް ކުރިއެކޭވެސް އެއްފަދައިން ލިބެމުންދާނެކަމަށާއި ހުޅުމާލޭގައި މެޑިކަލް ކެމްޕަސް ގާއިމުކުރުމަށްޓަކައި ސަރުކާރުންދަނީ ޔުނިވާރިސޓީއާއިއެކު އަމަލީ މަސައްކަތްތަކެއް ކުރަމުންކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ގައުމީ ޔުނިވާރސިޓީން ބުނެފައިވާގޮތުން އަބަދުވެސް އިސްކަން ދެނީ ދަރިވަރުންގެ ކިޔެވުމަށް ބުރުނާރާނެ ގޮތަށް ކިޔަވައިދިނުމުގެ ފެންވަަރު ދެމެހެއްޓުމަށްކަމަށެވެ. އަދި ދަރިވަރުންގެ ރައްކައުތެރިކަމާއި ހެވާ ލާބަ ކަށަވަރުކުރުމަކީ އެންމެ އިސް ވާޖިބުކަމަށާއި އާންމުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި ހަގީގަތް އޮޅިގެންދާ ގޮތަށް ހަބަރު ނުފެތުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: