ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޖީނިއަރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސްއެއް ގައުމީ ޔުނިވާސިޓީގައި ބާއްވަނީ

ގައުމީ ޔުނިވާސިޓީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޖީނިއަރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސްއެއް ގައުމީ ޔުނިވާސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ސަންގު ޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމުގައި މި ކޮންފަރެންސްއާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާދަމް ހާލިދު ވިދާޅުވީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސްއަކީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އެލެކްޓްރިކަލް ކޮމިއުނިކޭޝަން އެންޑް މެކަޓްރޯނިކްސް އިންޖީނަރިން ގެ ނަމުގައި އައި އީއީއީން ކުރިއަށް ގެންދާ ކޮންފަރެންސްއެއްކަމަށެވެ. މިއީ މި ނަމުގައި ބާއްވާ ދެވަނަ ކޮންފަރެންސްކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އެކި ގައުމުތަކުގައި ބާއްވާ ކޮންފަރެންސްއެއްކަމަށާއި، އެގޮތުން މިފަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައިކަމަށް ހާލިދު ވިދާޅުވިއެވެ. މި ކޮންފަރެންސްގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްއަށް ހުށައެޅިގެންދާނީ މީހުން ތައްޔާރުކޮށްފައި ހުންނަ ރިސާޗުތައްކަމަށް ފާހަގަކޮށް ހާލިދު ވިދާޅުވީ 400 އެއްހާ ޕޭޕަރު ވަނީ ތައްޔާރުކޮށްފައިކަމަށެވެ.

250 ޕޭޕަރު އެއީ ފޭސް ފޭސްކޮށް، ޕެރަލަލްކޮށް އަޅުގަނޑުމެން ރާވާފަ އޮތީ ހަ ރޫމެއްގައި ގެންދާ ގޮތަށް. އެހެންވީމަ އޭގެ މާނައަކީ އެއް ފަހަރާ ހަ މީހުން ޕްރެސެންޓް ކުރާނޭ. ދެން ކޮންމެ ޕޭޕަރެއް ޕްރެސެންޓް ކުރާއިރު ބައިވަރު އޯޑިއަންސްވެސް ތިބޭނެ

މިއިން ކޮންމެ ޕޭޕަރަކީވެސް އަލަށް އުފައްދާފައިވާ ރިސާޗެއްކަމަށް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި އިތުރު ދެ ގައުމެއްގެ ޔުނިވާސިޓީއިން ބައިވެރިވާއިރު، އެކަމާއި ގުޅިގެން ގައުމީ ޔުނިވާސިޓީގެ ހެޑް އޮފް ކޮމްޕިއުޓާ ސައިންސް އިބްރާހިމް ތާރިގު ވިދާޅުވީ އެ ގައުމުތަކުން ވަޑައިގަންނަވާ ބޭފުޅުންވެސް ހުށަހެޅުންތަކެއް ހުށައަޅުއްވާނެކަމަށެވެ. އެގޮތުން މެޑިކަލް އިމޭޖިން އާއި ބެހޭ ގޮތުންނާއި،  ޑިޖިޓަލް އިމޭޖިން އާއި މެޑިސިން އައި ބެހޭ ގޮތުންވެސް ހުށަހެޅުންތަކެއް ހުށައަޅާނެކަމަށް ތާރިގު ވިދާޅުވިއެވެ.

ކޮންފަރެންސް ބޮޑަށް ހާއްސަކުރެވިގެންދާނީ އިލެކްޓްރިކަލް ކޮމްޕިއުޓާ ކޮމިއުނިކޭޝަން ދާއިރާއަށްކަމަށް ވިދާޅުވެ އޭގެ ތެރެއިން ތާރިގު ފާހަގަކުރެއްވީ، ރިނިއުބަލް އެނާޖީއާއި ސޯލާ ޓެކޮނޮލޮޖީގެ އިތުރުން ޕަވާ އިލެކްޓްރޯނިކްސް އަދި ބިގް ޑޭޓާ އާއި މޮޑެލިން އާއި ޓެެލެ ކޮމިއުނިކޭޝަފަދަ އިތުރު ކަންކަމާއި ގުޅޭގޮތުންވެސް ހުށައެޅުއްތައް ހުށައަޅާނެކަމަށެވެ.

ކޮންފަރެންސްގައި ހުށައަޅާ ފާހަގަކުރެވޭ ރަނގަޅު ޕޭޕަރުތައް އިންޓަނޭޝަނަލް ޖާނަލްއެއްގައި ޕަބްލިޝް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ކޮންފަރެންސް ބޭއްވުމުގެ މަގްސަދަކީ އިލްމް ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރު ކޮށްދިނުންކަމަށް ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: