ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޔޫގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

އެމްއެންޔޫގެ ދަރިވަރުންތަކެއް. ފޮޓޯ: އެމްއެންޔޫ.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު އެމްއެންޔޫގެ ވެބްސައިޓްއިން ލިބެން ހުންނާނެކަމަށް ޔުނިވާސިޓީއިން ބުނެފައިވެއެވެ.

އެމްއެންޔޫން ބުނެފައިވަނީ ކޯސްތަކަށް އެދި ފޯމު ހުށަހަޅުއްވާއިރު ސެޓްފިކެޓް އެޓެސްޓް ނުކުރިކަމުގައިވިޔަސް ފޯމު ބަލައިގަންނާނެކަމަށާއި، އެޕްލިކޭޝަންވެސް ބަލައިގަންނާނެކަމަށެވެ. އޭލެވެލް އިމްތިޙާން ހެދުމަށްފަހު ނަތީޖާއަށް އިންތިޒާރުކުރަމުންދާ ދަރިވަރުންނަށް ސްކޫލުގެ ލީވިން ސަރޓިފިކެޓާއި އެންމެފަހު ޓާމުގެ އިމްތިޙާނުގެ ނަތީޖާއާއި އެކު ހުށަހެޅުމުން ނަތީޖާއަށްބަލައި ދެވޭ ކޮންޑިޝަނަލް އޮފަރ އާއެކު ޖާގަ ކަށަވަރުވެގެންދާނެކަމަށްވެސް ޔުނިވާސިޓީއިން ބުނެފައިވެއެވެ.

ތަފާތު ދާއިރާތަކަށް ސަރޓިފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާރ ޑިގްރީއާ ދެމެދުގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އޭގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ދިވެހި ބަހާއި އަދަބިއްޔާތު، ޓީޗިންގ، ކޮމްޕިޔުޓަރ ސައިންސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، މާކެޓިންގ، ނަރސިންގ، ސައިކޮލޮޖީ އާއި ކައުންސެލިން، ޕްރައިމަރީ ހެލްތު ކެއަރ، ފާމަސީ، ހެލްތު ސާރވިސް މެނޭޖްމަންޓް،، މެރިޓައިމް ސްޓަޑީޒް، އިސްލާމިކް ސްޓަޑީޒް، ޝަރީއާ އެންޑް ލޯ އަދި ޑަކްޓަރީކަން ހިމެނެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީގެ އެކިއެކި ކޯސްތަކަށް ވަނުމަށް ބޭނުންވާ ފައުންޑޭޝަން ކޯސްތަކަށްވެސް ފުރުސަތު ވަނީ ހުޅުވާލެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: