ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާރިސީ ހިރާސްކުޑަކުރުމާއި ގުޅޭ އެއްބަސްވުމެއްގައި އެމްއެންޔޫ އާއި އެންޑީއެމްއޭ އިން ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކާރިސީ ހިރާސްތައް ކުޑަކުރުމާއި ގުޅޭގޮތުން ދިިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

މިފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގަޔާއި، ކާރިސީ ހިރާސްކުޑަކުރުމަށް އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް އެން.ޑީ.އެމް.އޭ. އާއި އެމް.އެން.ޔޫ. އެކުގައި މަސައްކަތް ކުރުމާއި، ދެ ފަރާތުގެ ޤާބިލްކަން ހުރި މިންވަރަކުން ދެ މުއައްސަސާއިންވެސް އެއްބަޔަކު އަނެއްބަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ކާރީސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީން/ ސެމިނަރ/ ވާކްޝޮޕް/ ކޮންފަރަންސް/ މަހާސިންތާތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށާއި، އެމް.އެން.ޔޫ. އިން ދަސްވެނިވާ ކުދީންގެ ދިރާސާތައް ކަމާގުޅޭ މައުޟޫޢުތަކަށް ތައްޔާރުކުރުމަށް ބާރުއެޅުން ހިމެނެއެވެ. ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށާއި ވިލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވުމުގެ އިތުރުން ކާރިސާ އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުން މި ފަހުމުނާމާގެ މުހިއްމު ބައެއްގެ ގޮތުގައި ހިމަނާފާއިވެއެވެ.

މި ފަހުމުނާމާގެ ސަބަބުން ކާރިސީ ހިރާސްކުޑަކުރުމަށާއި ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް އެން.ޑީ.އެމް.އޭ. އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.  އަދި އެމް.އެން.ޔޫ. އިން ދަސްވެނިވެގެން މުޖުތަމަޢުއަށް ނިކުންނަ ދަރިވަރުންނަކީ ކާރިސީ ހިރާސް ކުޑަކުރުމަށާއި، ވިލުންވެރިކަން އިތުރުކުރުމަށް ޢަމަލީގޮތުން ފަރުދީ ފެންވެރައްގައި މަސައްކަތް ކުރާ ބައެއް ކަމުގައި ވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މި ފަހުމުނާމާގެ ސަބަބުން، ދިވެހިރާއްޖޭގެ ފެންވަރުގައި ކާރިސީ ހިރާސް ކުޑަކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމާއި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެއްޓާ ގުޅޭ އައު ހޯދުންތަކާއި ދިރާސަތަކެއް ހެދި، މިދާއިރާއަށް ބޭނުންވާ ފަންނުވެރިން އުފެދިގެންދާނެ ކަމަށްވެސް އެމްއެންޔޫ އިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: