ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ފާހިޝް އަމަލުތައް އާންމުވުމަށްވުރެއް ކަންބޮޑުވީ މަގުމަތީ ހުރި ގަހެއް ކަނޑައިގެން، ހައިރާނެއް ނުވާނެތަ؟”

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގާ އެކަން އާއްމުކުރުމާއި، ބަނގުރާ ބޮއެ އެކަން ިއސްތިހާރު ކުރުމާއި، ކޮރަޕްޝަންގެ ތެރޭގައި ދައުލކަތުގެ ބޮޑުން ހައްދުފަހަނަ އަޅާފައިވުންފަދަ ފާހިޝަ އެތައް ކަމެއް އާއްމުވެފައިވާއިރު ބައެއް މީހުން ކަންބޮޑު ވަނީ މަގުމަތީ ހުރި ގަހެއް ކަނޑައިގެންކަމަށް ބުނެ ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ފާޑުވިދާޅުވެއްޖެއެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަސައްކަތް  މިހާރު ކުރަމުންދާއިރު، އެ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދުވަނީ އަމީނީމަގުން ގަސްތައް ކެނޑުން ހުއްޓުވުމަށް އެދި ކޯޓަށް މައްސަލަ ހުށަޙަޅަން ނިންމާފައެވެ.

ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް އަލީ ރަމީޒު ފާޑުކިޔާ ކޮށްފައިވާ ޓުވީޓުގައިވަނީ އެއްޖިންސުން ގުޅުން ހިންގާ އެކަން އާއްމުކުރުމާއި، ބަނގުރާ ބޮއެ އެކަން ިއސްތިހާރު ކުރުމާއި، ކޮރަޕްޝަންގެ ތެރޭގައި ދައުލކަތުގެ ބޮޑުން ހައްދުފަހަނަ އަޅާފައިވާއިރު، ބައެއް މީހުން ކަންބޮޑޫވަނީ މަގުމަތީ ހުރި ގަހެއް ކަނޑާލައިގެންކަމަށެވެ.

ބަނގުރާ ބޮއި އެކަން އިޝްތިހާރު ކުރާކަމަށް ބުނެ ޢަލީ ރަމީޒު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ދާދި ފަހުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޖޯޖިޔާ އަށް ގޮސް ބަނގުރާ ފުޅިއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލީ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ބަނގުރާ ބުއިމަކީ އިސްލާމް ދީނުގައި ހަރާމް ކަމަކަށް ވާއިރު، ދިވެހިރާއްޖޭގެ ރައްޔިތަކަށްވެ ހުރެ އެފަދަ ކަމެއް ޕްރޮމޯޓް ކުރުމަކީވެސް ކުށެކެވެ. އެހެން ނަމަވެސް، ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހެއްގެ ފަރާތުން އެކަން ފެނިގެން ގޮސްފައިވާއިރު، އެކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މިފަދަ ދީނާއި ޚިލާފް އެތައް ކަމެއް އާއްމުވަމުންދާތީ އާއްމުންގެ އެތައް ކަންބޮޑުވުން ތަކެއް ހުރިނަމަވެސް މިކަންކަމަށް އެދެވޭ ފަދަ އަދަބެއް ނުވަތަ ހައްލެއްވެސް ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: