ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުން ގަސްކެނޑުން ސަރުކާރުން ދިފާއުކޮށްފި

އަމީނީ މަގުން ގަސް ކަނޑާފައިވަނިކޮށް. ފޮޓޯ: އަދަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނީ ފެންވަރެއްގައި އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާއިރު އެމަގުގައި  ހުރި ގަސްތައް ކަނޑަނީ އިތުރު ގޮތެއް ނެތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އަމީނީ މަގުން ގަސްކަނޑާ މައްސަލައާއެކު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރިނަމަވެސް އެކަން ދިފާޢުކޮށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ގަސްކަނޑާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ދާން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ސަރުކާރުން ދެކެނީ ކިހިނެއްތޯ ނޫސްވެރިޔާ ވަނީ ސުވާލު ކޮށްފައެވެ.

ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމައް ނޫން ކަމަށެވެ. އެހެން ނަމަވެސް ބައެއް މަޝްރޫއުތައް ކުރިއަށްދާ އިރު ގަސްތައް ނެގުން ނޫން އިތުރު ގޮތެއް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ އަމީނީ މގުގައި ހުރިގަސްތައް ކަނޑަނީ އެ ގަސްތަކުގެ މޫތައް ހުރި ގޮތުން ހޮޅިތައް ވަޅުލުމާއި އެފަދަ ކަންކަމަށް ދަތިވާތީ ކަމަށެެވެ.

”އެނގިވަޑައިގަންނަވާނެ އަމީނީ މަގުގައި އިންދާފައި ހުރި ގަސްތަކަކީ މި ކަހަލަ މަގު ތަކުގައި އިންދާފައި ހުރި ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަހެއް. ދެން މާލޭގައި ވެސް ފެން ފަށަލަ މިއީ ފެދޭ ވަރަކަށް ތިލަކޮށް އޮންނާތީވެސް މި ގަހުގެ މޫތައް ހަމަ ފެތުރިގެން އެބަ ދޭ. ފެތުރިގެން ދިޔައިމަ އެބަ މަގުތަކުގައި ވަޅުލާ ކޭބަލްތަކާއި މި އެއްޗިއްސަށް ވެސް ގެއްލުންވުމާ އަދި ހޮޅިތައް ވަޅުލުމުގައި ވެސް ދަތިތަކެއް އެބަ ދިމާވޭ“ މިއުވާން ވިދާޅުވިއެވެ.

މިއުވާން ފާހަގަކުރެއްވި ގޮތުގައި ގަސްތައް އަމީނީމަގުން ނެގި ނަމަވެސް ގަސްތައް އުކާނުލާ އެހެން ތަން ތަނުގައި އެ ގަސްތައް އިންދާނެއެވެ. އަދި އަމީނީ މަގު ހަދާ ނިމުމުން އަލުން މަގު ފެހިކުރުމަށް މަގު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މަސައްކަތް ކުރާނެ ކަަން މިއުވާން ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: