ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއި އެކު އޮތް ގުޅުން ކުރިއެކޭ ވެސް އެއްގޮތަށް ދަަމަހައްޓާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީއައިއޭގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުމާއި އެކުވެރިކަމަށް އެއްވެސް ބަދަލެއް ނައިސް ކުރިއެކޭ ވެސް އެއްގޮތަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި މަޝްރޫއުތައް ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިން ޗައިނާގެ 73 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ވަނީ އެ ގައުމުގެ ރައީސް ޝީޖިންޕިން އާއި ޕްރެމިއާރ އޮފް ދަ ސްޓޭޓް ކައުންސެލް އޮފް ޗައިނާ ލީ ކިކް ޔާންއަށް ހާއްސަ މެސެޖެއް ފޮނުވާފަ އެވެ.

ރައީސް ސޯލިހު ޗައިނާގެ ރައީސަށް ފޮނުވި ސިޓީގައި ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ގައުމުގެ ކުރިމަގު އިތުރަށް ތަރައްގީ ކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް، ކުރިއެކޭ އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ވެސް އެމަނިކުފާނުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

މީގެއިތުރުން ލީ ކީކް ޔާންއަށް ފޮނުއްވި ސިޓީގައި، ދެ ގައުމުން ވެސް ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.

ރައީސް ޗައިނާގެ އަހަރީ ދުވަހުގެ ހާއްސަ މެސެޖު ފޮނުއްވި އިރު، މި ސަރުކާރާއި އެމްޑީޕީ ފާހަގަ ކުރެވިފައި ވަނީ ޗައިނާއިން މިދިޔަ ސަރުކާރުގައި ރާއްޖޭގައި ހިންގި މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބައެއްގެ ގޮތުގަ އެވެ. އެގޮތުން ޗައިނާއަށް އަނބުރާ ދައްކަން ޖެހޭ ލޯނުތަކެއް ހުރުމުން އެމްޑީޕީން ސިފަ ކުރަނީ އެއީ ދަރަނީގެ ދަންތުރައެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: