ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިފޯން 14 ޕްރީ އޯޑަރަށްކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ފިލި މައްސަލައެއް!

އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަގު ކުރެވޭ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕަލް އައިފޯނުގެ ޕްރީ އޯޑަރަށް ގިނަ އަދަދެއްގެ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށް ފަހު އޮޅުވާލި މައްސަލައެއް ފެންމަތިވެ ފުލުހުންގެ ތަހުގީގުތައް ފަށައިފި އެވެ.

އޮންލައިން ވިޔަފާރި މެދުވެރިކޮށް، އައިފޯނަށް ފައިސާ ދެއްކުމުން ވަކި މުއްދަތެއްގެ ތެރޭގައި ފޯނު ގެނެސްދޭނެކަމަށް ބުނެ ފައިސާ އަތުލައި ފިލި މައްސަލައެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. ފޯނުގެ ފައިސާ ނެގުމަށް ފަހު، އިންސްޓަގްރާމުގައި ހިންގަމުން އައި އެ ޕޭޖު މިހާރު ވަނީ ޑިލިޓުކޮށްފަ އެވެ. އަދި ފޯނާއި ގުޅުން ހުރި މުއާމަލާތްތައް ކުރުމަށް ޕޭޖުން ހިއްސާ ކުރި ނަމްބަރަށް މިހާރު ނުގުޅޭކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި މެސެޖު ކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދޭކަމަށް ވަނީ ބުނެފަ އެވެ.

ބެލެވޭ ގޮތުގައި އެ ނަމްބަރު މިހާރު ވަނީ، ބޭނުން ކުރުން ހުއްޓާލައި ވައިބާ ޑިލިޓުކޮށްފަ އެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ފާޑުކިއުމާއި ކަންބޮޑުވުންތައް އަމާޒުވެފައި ވާތީ ނޫސްވެރިން ވަނީ ފުލުހަށް މިފަދަ އެއްވެސް ޝަކުވާއެއް ލިބިފައިވޭތޯ ސުވާލުކޮށްފަ އެވެ. ފުލުހުން ބުނީ ސްކޭމާކާއި ގުޅުން ހުރި ޝަކުވާތަކެއް ލިބިފައިވާތީ އެކަން ތަހުގީގު ކުރަމުން ދާކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ބައެއް މީހުން އާއްމުކޮށްފައިވާ ސްކްރީންޝޮޓުތަކުން ދައްކާ ގޮތުގައި، އެ މީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގި އެވެ. އަދި 100 އަށް ވުރެ ގިނަ މީހުންގެ އަތުން ޕްރީއޯޑަރަށް ނެގި ފައިސާގެ ޖުމްލަ އަދަދު އެއްލަކަ ރުފިޔާއަށް ވުރެ މައްޗަށް އަރާނެކަމަށް ބެލެވެ އެވެ.

އީކޮމާސް އިލެކްޓްރޯނިކް މޯލްޑިވްސް (އޭއީއެމް) ގެ ނަމުގައި ހިންގަމުން ދިޔަ އެ ޕޭޖާއި މީހުން މުއަމަލާތްކޮށްފައި ވަނީ 9912523 ވައިބާ ނަމްބަރުންނެވެ. އަދި ފައިސާ ފޮނުވިކަމުގެ ބޭންކު ސްލިޕު ފޮނުވުމުން އެ ފައިސާ ލިބުނުކަން ޔަގީންކޮށްދީފައި ހުރި ބައެސް ސްކްރީންޝޮޓުތައް ވެސް ހުއްޓެވެ. އޭގެ ފަހުން ފޯނާއި ގުޅޭ ސުވާލުތައްކޮށް ފޮނުވި މެސެޖުތައް އެ ނަމްބަރަށް ޑެލިވާ ނުވެ އެވެ.

އޮޅުވާލައިގެން ފައިސާތައް ނަގާ މައްސަލަތައް އިތުރުވެފައިވާއިރު އޭގެ ތެރޭގައި ބޭންކުގެ ނަމުގައި ގުޅުމާއި ކުންފުނިތަކުގެ ނަމުގައި ގުޅުން ހިމެނެ އެވެ. އަދި އެޕާޓްމަންޓެއް ނުވަތަ ލަކީޑްރޯއެއްގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވާކަމަށް ބުނެ ގުޅުން ވެސް ވަނީ އާއްމުކަމަކަށް ވެފަ އެވެ. އަދި ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕޭޖުތައް މެދުވެރިކޮށް ސްކޭމް ހިންގުން ވަނީ ވަރަށް ބޮޑަށް އާއްމުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: