ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ބޯޓުތަކުގެ މައްސަލަ ސަރުކާރުން ނުބަލަނީ، ސިފައިން ތެރޭ ހުރި ބާޣީގެ ސަބަބުން: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ މަސް ބޯޓުތަކުން ވަނެ، މަސްކޮޅު ބާނައިގެންދާއިރުވެސް މި ސަރުކާރުން ރިއެކްޓް ނުކުރައްވާކަމަށާއި، މިކަމުގެ ސަބަބަކީ ސިފައިންގެ ތެރޭގައި ހުރި ބާގީއެއްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ރައްޔިތުން ވަރަށް ކަންބޮޑުވާކަމެއް އެބަ ހިގާކަމަށެވެ. އަދި އެއީ ބޮޑެތި މައްސަލަތަކުގައި ސަރުކާރުން ރިއެކްޓް ނުކުރުންކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ އިޝާރާތްކުރެއްވީ ދާދިފަހުން ބޭރުގެ މަސްބޯޑުތަކެއް ރާއްޖޭގެ ކަނޑަށް ވަތް ވާހަކައަށެވެ. އަދި ވިދާޅުވީ ބޭރުގެ މަސްބޯޓުތައް ރާއްޖެއައިސް، ދިވެހި މަސް ކަނޑުން މަސް ބާނައިގެން މަސް ހިފައިގެންދާއިރުވެސް ރިއެކްޓް ނުކުރައްވާކަމަށެވެ.

ނަމަވެސް މީގެ ކުރީގައި މިފަދަ ކަމެއް ދިމާވެއްޖެނަމަ ދިވެހި ސިފައިން ކޮންމެ ގޮތެއް ހަދައިފައިވެސް ރާއްޖެއަށް ގާނޫނާއި ހިލާފަށް އެތެރެވާ ބޭރުގެ ބޯޓުތައް އަތުލައިގަންނަކަމަށް ފާހަގަކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ މިއީ ދިވެހިން ލޭކެކި ޖަޒުބާތުގައިޖެހޭ ބޮޑު މައްސަލައެއްކަމަށެވެ. މިއަދު މިކަންކަން ސީރިއަސްކޮށް ނުނަގާ ސަބަބެއްކަމުގައި ބެލެވެނީ ސިފައިންގެ ތެރޭގައި ބާގީއަކުން ހުރީތީމައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމަކު ސިފައިންގެ ތެރޭގައި ބަގާވާތްކޮށްފައި ހުރި މީހަކު ސިފައިންގެ ތެރެއަށް ވެއްދީމަކަމަށްވުމަކީ އެކަށީގެންވާކަމެއް، ކޮންމެ އަކަސް މިއަދު ދިވެހި މަސްވެރިން ގަބޫކުކުރާ  ގޮތުން ރާއްޖޭގެ މަސް ކަނޑުތަކަށް ވަންނަ ބޯޓު ފަހަރެއް މިއަދަކު އަތުލައެއް ނުގަނެވެ. ރިއެކްޓެއް ނުކުރެ.

ބެލެވޭ ގޮތުގައި އޭނާ އެ އިޝާރާތްކުރެއްވީ، ފުލުހުންގެ މުއައްސަސާ އަދި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ގިނަ މުއައްސަސާތަކެއްގެ ބަލަދުވެރި ވަޒީރު، ހޯމް މިނިސްޓާ އިމްރާން އަބްދުﷲ އަށެވެ. އަދި ބަގާވާތޭ ވިދާޅުވެ އެ އިޝާރާތްކުރެއްވީ މެއި 2015 ވަނަ ދުވަހު “އަނިޔާވެރިކަން ނިންމަން” މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އިސްކޮށް ހަރަކާތްތެރިވުމަށްކަމަށް ބެލެވެއެވެ.

އާދަމް ޝަރީފްގެ ވާހަކަގައި އިތުރަށް ވިދާޅުވީ ވުޒާރާތަކުންނާއި އަދި މުއައްސަސާތަކުންވެސް މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ މަސައްކަތްނުކުރުމުން ރަތްޔިތުންނަށްވެސް ގެއްލުން ލިބޭކަމަށެވެ.

ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާތީ. އެ މައްސަލަ އެމްއެންޑީއަފްއަށް ރިޕޯޓުކުރީ އެ ސަރަހައްދުގައި ހަރަާތްތެރިވަމުންދިޔަ ރާއްޖޭގެ މަސް ބޯޓަކުންނެވެ.

މިއީ ލަންކާގެ ބޯއްޓެއްކަމަށް ރިޕޯޓުކުރި ފަރާތްތަކުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ ގާނޫނާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދައް ވަދެ އުޅުނު މަސްބޯޓެއް ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް އޭރު މައްސަލައާއި ގުޅުން ހުރި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުން ދިޔައީ މި މައްސަލަ ކޯސްޓް ގާޑްއަށް ހުށައެޅުމުންވެސް އަޅާނުލިކަމަށެވެ.

މިކަމާއި ގުޅިގެން އިދިކޮޅުގެ ފަރާތުން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އިދިކޮޅުގައި ތިއްބެވި އިސް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން އޮތީ ރާއްޖޭގެ މަސްކަނޑުތައް ބޭރުގެ ގައުމުތަކަށް ހިބަކޮށްދީފައެވެ. އޭގެ ތެރޭގައިވެސް އިންޑިއާއަށް ކުރެއްވި ތުހުމަތުތައް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: