ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ރަން ޔޫބިލްގެ އެންމެ ގިނަ އެވޯޑު ކާނި އަބްދުﷲ އަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަބްދުﷲ ނަޝީދުއަށް އެވޯޑު ދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، ބޭއްވި “ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ” ގައި އެންމެ ގިނަ އެވޯޑް ލިބިލެއްވި ފަރާތަށް، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަނުގެ ރައީސް އަދި ކާނި ހޮޓެލްސް ޓުއާގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ވެވަޑައިގެންފިއެވެ.

ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް، ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންނާއި ކުންފުނިތައް އަދި ޖަމިއްޔާ ޖަމާއަތުގެ އަގުވަޒަން ކުރަން ބޭއްވި ހަފްލާގައި ކާނި ހިމެނޭގޮތަށް އަބްދުﷲ އަށް 3 އެވޯޑެއް ލިބުނެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ހިދުމަތްކޮށްދެއްވާފައިވާ އަމިއްލަ ފަރުދުންނާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއާލައިންތައް އަދި ކުންފުނިތަކުގެ އިތުރުން، ޓްރެވެލް އެޖެންސީތަކަށް ވަނީ އެވޯޑް ދީފަ އެވެ.

ކާނިގެ ދެ ގެސްޓްހައުސްއަކަށާއި އަބްދުﷲ އަށް ލިބިވަޑައިގެންނެވި އެވޯޑު/ ފޮޓޯ: ކާނި

ރޭ ބޭއްވި ގާލާ އިވެންޓުގައި ކާނި ވިޔަފާރިއަށް ޕްރެޒިޑެންޓްސް ޓުއަރިޒަމް ގޯލްޑް އެވޯޑުގެ 2 އެވޯޑެއް ލިބިފައިވެއެވެ. އެއީ ގެސްޓް ހައުސް ދާއިރާއިން ސީއެސްއާރް އެވޯޑު، އަދި މޯސްޓް އިނޮވޭޓިވް ޓުއަރިސްޓް ގެސްޓް ހައުސްގެ އެވޯޑެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދައިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ޕްރެޒިޑެންޓްސް ޓުއަރިޒަމް ގޯލްޑް އެވޯޑުވެސް ލިބިވައިޑައިގެންނެވީ ކާނީގެ އޯނަރު އަބްދުﷲ އަށެވެ.

ރާއްޖެއަށް ލޯކަލް ޓޫރިޒަމް ތައާރަފުކުރުމުން، އެ ހިދުމަތް ދިނުމަށް ކުންފުންޏެއް އުފައްދައި ކާނި އަބްދުﷲ މަސައްކަތް ފެއްޓެވީ އަނބިކަބަލުން އަދި ކާނި ހޮޓެލްސްގެ ސީއޯއޯ އާމިނަތު އާސިމާ ސަލީމާއި އެކު އެވެ. އަދި މާފުށީގައި ތަރައްގީ ކުރި ކާނި ހޮޓެލްސް އަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޓެވެ.

ކާނި އަބްދުﷲ އަކީ މިވަގުތު ރާއްޖޭގައި މި ހިދުމަތް އެންމެ ފުޅާކޮށް ދެއްމުން ގެންދަވާ އެއް ބޭފުޅާ އެވެ.

މާފުށީގައި ހުރި މަޝްހޫރު ކާނި ހޯޓެލްސްގެ، ހިދުމަތެއް ދޭ އިމާރާތެއް “ކާނި ބީޗު” ގެ ނަމުގައި ހުޅުވިއިރު އެއީ 18 ކޮޓަރީގެ ހޮޓަލްއެކެވެ. އޭގެ ފަހުން ދެން ތައާރަފު ވެގެން އައީ، ހޮޓެލްތަކުގެ ތެރޭގައި 24 އެނދުގެ “ކާނި ލޮޖް” އާއި، 46 އެނދުގެ “ކާނި ވިލެޖް އެންޑް ސްޕާ” އަދި 130 އެނދުގެ “ކާނި ގްރޭންޑް ސީވިއު” ގެ އިތުރުން 256 އެނދުގެ “ކާނި ޕާމް ބީޗް” ހިމެނެ އެވެ.

އެންމެ 24 އެނދާއި އެކު މާފުށީގައި ފެށި ކާނި ހޮޓެލްސްތަކުގެ ޖުމްލަ އެނދުގެ އަދަދު 490 އަށް އަރަ އެވެ.

ކާނި  ހޮޓެލްސްގެ  ފަރާތުން  މާފުއްޓައް  ހަދިޔާކުރި  ޑަސްބިންތައް  ހަވާލުކުރުން..  ފޮޓޯ  ސަންގު

ރާއްޖޭގެ ލޯކަލް ޓޫރިޒަމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ވަނީ މާފުށިންނެވެ. މިވިޔާފާރީގައި އެރަށުގެ ބޮޑު މީހަކީވެސް އަބްދުﷲއެވެ. މާފުށީގެ އިޖްތިމާއީ އުމްރާނީ ދުޅަހެޔޮކަމަށް އަބްދުﷲގެ އަމިއްލަ ޖީބުން އެތައް ހޭދައެއްކޮށްފައިވެއެވެ. ރަށުގެ ތަރައްގީއަށް ކާނި އަބްދުﷲ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ހާއްސަ ޕޫލާއި، އައުޓް ޑޯ ޖިމް މިސާލަކަށް ފުދެއެވެ. ކައުންސިލުން ކަމެއް އިންތިޒާމްކުރިޔަސް، ރަށުގެ ޒުވާނުން ކަމެއްގައި ބައިވެރިވިޔަސް، ރަށުން ބޭރު އަދި ތަނެއްގައި މާފުށި ތަމްސީލުކުރިނަމަވެސް އެކަމުގައި އަބްދުﷲގެ ބައިވެރިވުމެއްނެތި އެކަމެއް ނިމިފައެއް ނޯވެއެވެ.

ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ގުޅިގެން ރޭ ބޭއްވި ގާލާ އިވެންޓުގައި އޭނާގެ ވިޔަފާރިއަށް ޕްރެޒިޑެންޓްސް ޓުއަރިޒަމް ގޯލްޑް އެވޯޑުގެ 2 އެވޯޑާއި ފަތުރުވެރިކަމުގެ ދައިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ޕްރެޒިޑެންޓްސް ޓުއަރިޒަމް ގޯލްޑް އެވޯޑާއެކު އެންމެ ގިނަ އެވޯޑް މާފުއްޓަށް އަނބުރާލުމުން އެކަމުގެ ފަހުރު އޮތީ އަބްދުﷲއާއި ކާންޏަށް އެކަންޏެއް ނޫނެވެ. އަބްދުﷲއާއެކު މުޅި މާފުށިވެސް އަބްދުﷲގެ މި ކާމިޔާބާއި ފަހުރުގައި ބައިވެރިވަނީ މިފާހަގަކުރި އެންމެހާ ކަންކަމާއިހެދިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: