ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެސްއެމްއިން ކަރަންޓު ބިލެއް ނުދައްކާ، ދައްކަން ޖެހޭ ފައިސާގެ އަދަދު 80 މިލިއަން ރުފިޔާއަށް!

ޕީއެސްއެމް ހިންގާ އިމާރާތް / ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ސްޓެލްކޯއަށް ކަރަންޓު ބިލު ނުދައްކާތީ، އޮކްޓޯބަރު މަހުގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 80.8 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އިތުރު 31 ރަށެއްގައި ކަރަންޓުގެ ހިދުމަތް އަދި ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި ކުންފުންޏަށް ބައެއް ބިލުތަކުގެ ފައިސާ ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފެނާއި ކަރަންޓު ބިލު ނުދެއްކުމުގެ ސަބަބުން، ޕީއެސްއެމް އިމާރާތުން ކަރަންޓު ކަނޑާލިކަމަށް ބުނެ މިދިޔަ ދުވަސްތަކުގެ ތެރޭގައި މީޑިއާގައި އަޑުތައް ފެތުރުނެވެ.

ޕީއެސްއެމްއިން ކަރަންޓަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން، 22 މީޓަރުގެ ތެރެއިން ފައިސާ ދައްކާފައި ވަނީ ވަނީ އެންމެ މީޓަރަކަށެވެ. އަދި މަހުން މަހަށް ބިލަށް ފައިސާ ދެއްކުން ވެސް ވަނީ ހުއްޓާލާފަ އެވެ.

އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް، ޕީއެސްއެމްއިން އެގޮތަކަށް ވެސް އަމަލެއް ނުކުރެ އެވެ. އޭގެ ތެރޭގައި ޕީއެސްއެމްއިން އެއްވެސް ގޮތަކަށް އަމަލު ކުރަމުން ނުދާ ދެ އެގްރީމެންޓެއް ހިމެނެ އެވެ.

މި މައްސަލައިގައި ފިނޭންސް މިނިސްޓްރީއަށް ބިލްތައް ކްލިއާ ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިޓީއެއް ފޮނުވުމުން އެ ސިޓީގެ ޖަވާބު ލިބިފައި ވަނީ އޮކްޓޯބަރު 04 ގައެވެ. ޖަވާބުގައި ވާގޮތުން، ބިލުތަކަށް ފައިސާ ދެއްކުމަށް 12 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން ޕީއެސްއެމްއިން ދައްކާފައި ވަނީ 08 މިލިއަން ރުފިޔާ އެވެ. އަދި ބާކީ 04 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގެ އެވެ.
ސްޓެލްކޯއިން ވަނީ ތަފާތު އެކި ފަހަރު މަތީން، ސިޓީތައް ފޮނުވައިގެން ބިލުތަކަށް ފައިސާ ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ކުންފުންޏަށް ޕީއެސްއެމްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: