ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮގުހެދުމުގައި ރައީސް ސާލިހު ހާ ހުށިޔާރު ވެރިއަކު އަތްފުނާއެޅިޔަސް ނުފެންނާނެ: އަދުރޭ

ރައީސް ޞާލިހު އަދި އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮގާއި މަކަރާ އޮޅުވާލުމުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުހާ ހުށިޔާރު ވެރިޔަކު ނުހުންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ރަންވޭ ހުޅުވުމާއި ގުޅިގެން  އެތަނުގެ ތަރައްގީ ފެށީ ތިމަންނާ ވިހޭ ދުވަހުއޭ ވިދާޅުނުވީ ކީއްވެތޯ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކިބައިން އަދުރޭ ސުވާލުކުރައްވާފައިވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ މަވެތި ކަމުގެ އަހުލުވެރިން ހަގީގަތް އެނގިތިބެ ހަމަ ހީހީފައި އަތްޖަހާނެ ކަމަށެވެ.

ވީއައިއޭގެ އައު ރަންވޭ އާއި ސީޕްލޭން ޓާމިނަލަކީ  ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ މަޝްރޫއުތަކެއް ކަން ފާހަގަކޮށްލެވެއެވެ،

ވީއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވަނީ ޓޫރިޒަމް އެވޯޑް ދިނުމުގެ ހަފްލާގައެވެ.

ރައީސްަ ސާލިހުގެ ވާހަކައިގައި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އޭގެތެރެއިން އެންމެ މުހިއްމީ ދަތުރުފަތުރު ކުރުމުގެ ފަސޭހަ ނިޒާމެއް ކަމަށާއި އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ އަންނަނީ ލޯމައްޗަށް ފާޅުވަމުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: