ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމާއި ބެހޭ މަޝްވަރާއަށް އާއްމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި ބެހޭ ބިލު އެކުލަވާލުމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އާއްމުންނަށް ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ރިވިއުކޮށް، އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ.

ކޮމިޝަން އެކުލެވިގެން ވާ ގޮތް އިސްލާހު ކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުރިން ސަރުކާރުން ބުނީ، އެ ވައުދު ފުއްދޭނެ ސީދާ ދުވަހެއް ނޭނގޭކަމަށާއި، މި ދައުރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ނުގެނުވުން އެކަށީގެންވާ ކަމަށެވެ.

މަޖިލީހަށް ވެސް ދެ ފަހަރެއްގެ މަތީން ހުށަހެޅި ބިލު ބޭރުކުރުމަށް ފަހު، އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ގާނޫނު އަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ދެފުށް ފެންނަ، ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށް، ކަމާއި ގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، ކޮމިޝަން އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމަށް މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ސުޕްރީމް ކޯޓާއި، ހައި ކޯޓު، އަދި ކްރިމިނަލް ކޯޓާއި ޖޭއެސްސީއާއި އެ ނޫން ވެސް ކަމާއި ބެހޭ އިދާރާތްތަކުގެ މަޝްވަރާ ހޯދާނެކަމަށް ވަނީ ބުނެފަ އެވެ.

ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމާއި ބެހޭ މަޝްވަރާތައް އާއްމުންނަށް ހުޅުވާލައި ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ ބައެއްގެ ހިޔާލެއް އޮތް ނަމަ އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށާއި މެެއިލް މެދުވެރިކޮށް ކޮމިޝަން އޮންނަން ޖެހޭކަމަށް ދެކޭ ގޮތް މިހާރު ހުށަހެޅޭނެ ކަމަށެވެ.

ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނަށް ތިބެވެ އެވެ. އަދި އެ މީހުންގެ ސަބަބުން ފަނޑިޔާރުގެތަކަށް ނުފޫޒު ވަންނަކަމަށް ތުހުމަތުތައް ކުރެވެ އެވެ. އަދި އެ ފުރުސަތު އޮންނާނެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ މީހުން މަގާމުން ވަކިކޮށްފަ އެވެ.

ޖޭއެސްސީގައި ހިމެނެނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018 ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފަ އެވެ.

ޖޭއެސްސީގެ ރައީސަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތާއި އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: