ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ހައުސިންގ ޔުނިޓުގެ މަސައްކަތް ނުފެށި ލަސްވަނީ ”ލޭންޑް ޔޫސް ޕްލޭން” ސަރުކާރުން ފާސްނުކޮށްގެން: މުއިއްޒު

މާލެސިޓީ މޭޔަރ ޑޮކްޓަރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 500 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ އެ މަސައްކަތުގެ ”ލޭންޑް ޔޫސް ޕްލޭން” ސަރުކާރުން ފާސްނުކޮށްގެންކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވިލިމާލެ ހައުސިންގ ޔުނިޓު އެޅުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ނިމުނު ނަމަވެސް ލޭންޑް ޔޫސް ޕްލޭން ފާސްނުވާހާ ހިނދަކު މި މަސައްކަތް އަމަލީ ގޮތުން ނުފެށޭނެކަމަށެވެ.

”ވިލިމާލޭގައި 500 ހައުސިންގ ޔުނިޓު އެޅުމަށްޓަކައި ކައުންސިލުން ކުރިއަށްގެންދަންޖެހޭ އިޖުރާއީ ހުރިހާ ކަމެއް މިވަނީ ގާތްގަނޑަކަށް ނިމިފަ. އެއީ ކައުންސިލްގެ ނިންމުން ނިންމާ އިއުލާނުކޮށް، ބިޑިން ޕްރޮސެސް، މި ހުރިހާ ކަމެއް.އެހެންނަމަވެސް ތަންފީޒްކުރުމުގަ، ލޭންޑް ޔޫސް ޕްލޭން ފާސްވީމާ ތަންފީޒު ކުރެވޭނީ.” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ވިލިމާލޭގެ ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢަށް ސަރުކާރުގެ ފަރާތުން ޖުމްލަ ގޮތެއްގައި އެއްބާރުލުން ލިބެއެވެ. އަދި ސަރުކާރުގެ ފަރާތުން މާބޮޑެތި ދަތިތަކެއް ކުރިމަތި ނުވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަވަސް ގޮތެއްގައި ލޭންޑް ޔޫސް ޕްލޭން ފާސްވެ، ވިލިމާލޭގެ ހައުސިންގ ޔުނިޓުގެ މަޝަރޫޢު އަވަހަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މާލެސިޓީ ކައުންސިލްގެ ޕްލޭނަކީ ހައުސިންގ މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 500 ހައުސިންގ ޔުނިޓު އަދި މާލޭގައި 2000 ހައުސިން ޔުނިޓު އެޅުމެވެ.

”މާލޭގައި 2000 ހައުސިންގ ޔުނިޓު އަޅަން ގަސްތުކުރަނީ، މާލޭގެ ސިނަމާލެ ހިޔާ ފްލެޓުތައް ހުރިތަނުގަ. އެ ފްލެޓުތައް އެހުރީ ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފަ. އެތަން ތަޅާލާ އާ ފްލެޓުތައް އަޅާ، އެ ފްލެޓުތައް ވާނީ  މިހާރު ހުރި ފްލެޓުތަކަށް ވުރެއް ރަނގަޅު ފްލެޓުތަކަކަށް.”މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި ވައުދު ފުއްދުމަށް ގިނަ ގުނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: