ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލޭ ބުރިޖު މަޝްރޫއު ރައީސް މުއިއްޒު މިއަދު ބައްލަވާ ލައްވައިފި

ރައީސް ޑރ. މުހައްމަދު މުިއްޒު/ ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، “ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް”ގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވައިފިއެވެ.

ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ފުރަތަމަ ވަޑައިގެންނެވީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. އެގޮތުން ރޭމްޕް ސަރަޙައްދުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަޙައްދުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ. އޭގެފަހުން ގުޅީފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ބެހޭގޮތުންވެސް އެމަނިކުފާނު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވަނީ، “ގްރޭޓާ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް”ގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ހޯއްދަވައި، ބްރިޖުގެ މަސައްކަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ސަރުކާރުގެ ‘ހަފްތާ 14’ ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް ތިލަމާލެ ބްރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން ވަނީ ހިމަނާފައެވެ.

ތިލަމާލެ ބުރިޖު މަޝްރޫއު އެއްބަސްވުން އެކުލަވާލީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 26ވަނަ ދުވަހުއެވެ. ސާރވޭގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރުން ފަށައިގެން ޢަމަލީގޮތުން ކުރިއަށް ދިޔައެވެ. އިންޑިއާގެ އެފްކޮންސް ކުންފުނިން ރާއްޖޭގައި މަސައްކަތް ފަށާފައިވާ ތިލަމާލެ ބްރިޖުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ތާރީހުތައް ވެސް އެކި ދުވަސްމަތިން ކަނޑައެޅިއެވެ. މިގޮތުން ވަކި ފޭސްތަކަކަށް ބަހާލައިގެން ބުރިޖު ހުޅުވުމުގެ މަސައްކަތް ކުރެވޭނެ ކަމަށް  ބުނެފައިވާއިރު، މަސައްކަތް ނިންމުން އެކި ތާރީހުތަކަށް ބަދަލު ގެނެސް އެންމެފަހުން މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނީ ކަމަށް އޭރު ސަރުކާރުން ބުނީ ނޮވެމްބަރު 2024 ގައި ކަމަށެވެ.

ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިޔަނަމަ މިހާ ހިސާބަށް މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ހުންނާނީ ނިންމާލެވިފައި ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. މިހާ ހިސާބަށް އެ މަޝްރޫއުގެ ނިމިފައިވަނީ 27 އިންސައްތަ މަސައްކަތް ކަމަށް ވެސް ސަރުކާރުން ބުނެފަވެއެވެ.

ބުރިޖް މަސައްކަތް ނިންމުމަށް ކަނޑައެޅި މުއްދަތު ފަހަނަޅައިގޮސްފައި ވާއިރު، އެ މުއްދަތަށް މަސައްކަތް ނުނިމުނު ސަބަބެއް ހޯދިފައި ނުވެއެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައިވެސް ބުރިޖު މަސައްކަތް ހިނގާފައިވާ ގޮތް ބަލާ ދިރާސާ ކުރުން ހިމެނޭ ކަމަށް ވެސް މި ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން މިއަދު ރައީސް މުއިއްޒު ތިލަމާލެ ބުރިޖް ސަރަހައްދު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމައްޓަކާއި ކުރެއްވި ޒިޔާރަތެއް ކަމަށް ގަބޫލު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: