ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީއާއި އެކު ވިޔާފާރީގެ ދާއިރާއާއި ގުޅުން ހުރި މަޝްވަރާތައް ކުރެވުނު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށާއި ޔޫ.އޭ.އީ.އަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހިންގާ އެކިއެކި ވިޔާފާރިތައް ފުޅާކޮށް މިއަހަރު ނިމެންވާއިރަށް ވިޔަފާރި ދެ ގުނަ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ކޮޕް 28 ގައި ބައިވެރިވެ ވަޑައިގަތުމަށް ތުރުކީ ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފު ދައްކަވަމުންނެވެ. އަދި ރައީސް ވިދާޅުވީ ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓް ކުރާ އިރު ޓެރިފް އާ ނުލައި ފޮނުވަން ތުރުކީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއާއި، ތުރުކީއާއި، ދެމެދު ވިޔަފާރި އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ވިޔަފާރީގެ ހަރުދަނާ ކުރެވި އިތުރު ހަރުފަތަކަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެތެރެކުރެވޭނެ މަގު ފުޅާ ކުރާނެ ކަމަށާއި، އެކަމަކީ މަސްވެރިންނަށް ބޮޑު މަންފާއެއް ލިބޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ތުރުކީއަށް ކުރި ދަތުރުގައި ވިޔަފާރިއާއި ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތައް އޮތީ ވަރަށްވެސް ޕޮޒިޓިވްކޮށް ކަމަށްވެސް ރައީސް ފާހަގަކޮށްފައި ވެއެވެ.

ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓް ކުރާ އިރު ޓެރިފް އާ ނުލައި ފޮނުވަން ތުރުކީއާ އެކު މަޝްވަރާކޮށްފައިވާއިރު، ރާއްޖޭގެ މަހުގެ އުފެއްދުންތައް މިހާރަށް ވުރެ ފަސޭހަކަމާ އެކު ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: