ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށޭނެ: މުއިއްޒު

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލު ގެނައުމަށް މާލޭ ސިޓީ ކައުންސިލުން ހަރަދުކޮށްގެން ޤާއިމުކުރަން ނިންމާފައިވާ  “އެނިމަލް ކެޓް ފެސިލިޓީ” ގެ މަސައްކަތް މި ފެށޭ އަހަރުގެ ޖެނުއަރީ މަހު ފެށާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްދު މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލޭގައި އާއްމުންނަށް ދިމާވާ މައްސަލަތަކުގެ ތެރެއިން އެއްމެ ބިޮޑު އެއް މައްސަލައަކީ ބުޅަލުގެ ނަޖިސް ނުވަތަ ބުޅާ ގިނަވުމުގެ ސަބަބުން ދިމާވާ އުނދަގުތައް ކަމަށެވެ.

އެހެންކަމުން، މި މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބުޅާ ގެންގުޅޭނެ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މި އިމާރާތުގެ މަސައްކަތް  ތިން މަސް ދުވަސްތެރޭގައި ތް ނިންމޭނެ ކަމަށް ލަފާކުރެއްވޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

“މިހާރު އަޅުގަނޑުމެން އޭގެ ކުރެހުންތައް ހަދައި ޓެކްނިކަލް މަސައްކަތްތައް މިކުރަނީ. އަޅުގަނޑުމެން ބަލަނީ ދެންވެސް ވީހާވެސް އެންމެ ކުޑައަގެއްގެ ޖާގައެއް ބޭނުންކޮށްގެން އެންމެ ރަނގަޅަށް މި މައްސަލައަށް ހައްލެއް ގެނައުން،” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ބުޅާގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް މާލޭ ސިޓީ ކައުންސިލުން ހައްލެއް ހޯދަން މަސައްކަތްކުރަން ޖެހުނީ އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުން އެކަން ނުކުރުމުން ކަމަށެވެ.

އެގޮތުން އެކަމުގައި ޒިންމާ ވާންޖެހޭ ތިން މުއައްސަސާއެްއް ހަނު ތިބެ އެކަމަށް ހައެްލެއް ގަނައުމަށް މަސައްކަތް ނުކުރާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ތިން މުއައްސަސާއަކީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ފިޝެރީސް މިނިސްޓްރީގެ އިތުރުން ޕަބްލިކް ހެލްތް ދާއިރާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: