ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަން ނެރުން ގާނޫނާ ހިލާފުކަމެއް: ޖޭއެސްސީ މެމްބަރު މާނިއު

ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މާނިއު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ގާނޫނެއްގެ ދަށުން ސުޕްރީމް ކޯޓަށް ޕްރެކްޓިސް ޑައިރެކްޝަން ނެރުމުގެ ގާނޫނީ ބާރު ލިބިގެން ނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު އަބްދުލް މާނިއު ހުސައިން ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ މީހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، ޗެއިން އޮފަސް ކަސްޓަޑީގެ ލިޔުންތަކުގެ މައްސަލައިގައި އެ މީހުން ދޫވުން ވަނީ އާއްމުވެފަ އެވެ. އަދި ދާދި ފަހުން ވެސް އިންޑިއާއިން ރާއްޖެ އައި މީހަކު އަރައިގެން ހުރި ބޫޓުގެ ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ލިޔުންތައް ދައުލަތުން ހުށަހަޅާފައި ނެތުމުގެ ސަބަބުން ތުހުމަތު ކުރެވުނު ދެ މީހުން ވަނީ ދޫވެފަ އެވެ.

މިފަދަ މައްސަލަތައް އާއްމުވެފައި ވަނިކޮށް، މިއަދު ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެއްގައި ވަނީ، ޗެއިން އޮފަސް ކަސްޓަޑީ އާއި ގުޅޭ މީހުން ކޯޓަށް ހާޒިރުކޮށް އެކަށީގެންވާ ހެކީގެ މައްޗަށް ބުނާކޮށް އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ފަނޑިޔާރު، މުއުތަސިމް އަދުނާން ސޮއި ކުރައްވައި ނެރުނު ޑައިރެކްޝަނުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތުގައި ތަހުލީލު ކުރެވިފައި ވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރު ކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާއި މެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ އެތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީއަތަށް ހާޒިރު ކުރެވޭނެ ކަމަށެވެ.

އަދި ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާއި ގުޅިގެން ޝަރީއަތައް ހާޒިރު ކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ކުރެވޭނަމަ، އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެ ކަމަށް ވެއެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ހިއްސާކޮށް، ފޭސްބުކްގައި މާނިއު ވިދާޅުވީ، ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުން ގާނޫނާ ހިލާފުވުން ގާނޫނު އަސާސީގެ 142 ވަނަ މާއްދާއިން މަނާވާނެކަމަށް ވިދާޅުވި އެވެ.

ގާނޫނީ ވަކީލުންގެ ވޯޓާއި އެކު ޖޭއެސްސީގައި އިންނަވާ މާނިއުގެ ޕޯސްޓުގައި ވިދާޅުވީ، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ސްޕްރީމް ކޯޓުން ވިޔަސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނަކީ ގާނޫނުއަސާސީގެ 143ގެ (ރ) އަށް ފެއްތޭނެ އެއްޗެއް ވެސް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

“ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫނެވެ. ފަނޑިޔާރުން ގާނޫނާ ހިލާފުވުމަކީ ގާނޫނުއަސާސީގެ 142 ގައި މަނާކޮށްފައިވާ ކަމެކެވެ. މި ފަދައިން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ގާނޫނުއަސާސީގެ 141ގެ (ނ) އާ ވެސް ހިލާފުކަމެކެވެ. ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ސްޕްރީމް ކޯޓުން ވިޔަސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ސްޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނަކީ ގާނޫނުއަސާސީގެ 143 ގެ (ރ) އަށް ފެއްތޭނެ އެއްޗެއް ވެސް ނޫނެވެ. އެއަށް ދަށު ކޯޓުން ތަބާވާން ނުޖެއްސޭނެއެވެ. މި ނުކިއްސަރު ހަރަކާތް ސްޕްރީމް ކޯޓުން ވަގުތުން ހުއްޓަން ޖެހެއެވެ.”

މި މައްސަލައިގައި އަދި އިތުރު ބައެއްގެ ފާޑުކިއުންތައް ފާހަގަކުރެވިފައި ނުވެ އެވެ.

ސުޕްރީމް ކޯޓުގެ އިރުޝާދަށް ދަށު ކޯޓުތަކުން އަމަލުކޮށް، ތަބާވާން ޖެހޭނެ އެވެ.

މިފަދަ މައްސަލަތައް އާއްމުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތައް ސާބިތު ކުރުމަށް ދައުލަތަށް ފަސޭހަަތަކެއް ވެގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: