ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ ދިރާސާ ހެދި އުޅަނދު ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ބޭނުންކުރި އުޅަނދު އޮޑިސީ ރާއްޖެއިން ބޭރުވުމާއި، ފުރުން މަނާކޮށް ސިވިލް ކޯޓުން ނެރުން އަމުރު ބާތިލުކޮށްފިއެވެ.

އެ އުޅަނދު ފުރުން މަނާކޮށްފައިވަނީ ދި ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އުޅަނދު ނިސްބަތްވާ އުނައިޓެޑް ސްޓޭޓް އޮފް އެމެރިކާ ޑެލަވެއަރ ސްޓޭޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުޏަކަށް ވިއްކާފައިވާ ޑީސަލްގެ ޖުމްލަ އަގު ހޯދުމުގެ ގޮތުން ފޮނުވާފައިވާ އިންވޮއިސްގެ ޖުމްލަ އަދަދުކަމުގައިވާ 1،86،900 ޑޮލަރު ދައްކާފައިނުވާތީއެވެ.

ހޯކްސް އިން ކޯޓަށް ހުށަަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް ދައްކަން 2.8 މިލިއަން ރުފިޔާ އަކީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާއެއްކަމަށެވެ. ނަމަވެސް މި ފައިސާ އަދިވެސް ދައްކާފައިނުވާތީ ހޯކްސް އިން ވަނީ އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކުރަންދެން އޯސީއީއީއެފްގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ ކަނޑު އުޅަނދު “އޮޑިސީ” ދިވެހިރާއްޖެގެ ކަނޑުގެ ބޯޑަރުގައި އޮތް ހިސާބުން އެ އުޅަނދު އިތުރު ތަނަކަށް ދިއުން މަނާކޮށް އެ އުޅަދު ހިފަހައްޓައިދިނުމަށާއި، ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ދިޔުން މަނާކޮށްދިނުމަށް ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައެވެ.

މި އުޅަނދުގައި ހިމެނޭ ކެޕްޓަންކަމުގައިވާ، ޑަމްކޮނޮކްސް ލަޑިސްލާވް ނަމަކަށް ކިޔާ ފަރާތް ރާއްޖެއިން ބޭރަށް ނުފުރޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓުމަށާއި އަދި އެ އުޅަނދުގެ އެއްވެސް ކެޕްޓަނެއް، ފަޅުވެރިއެއް އަދި އެ ފަރާތުގެ ލޯކަލް އޭޖެންޓަކުން އެ އުޅަނދާއި އޯސީއީއީއެފްގެ ވިޔަފާރިއާއި ގުޅިގެން އެއްވެސް މަސައްކަތެއް ކުރުން މަނާކޮށް، އެ އުޅަދު ދިވެހިރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަށް ނުދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށާއި އިމިގްރޭޝަން އަދި ޑިފެންސްއަށްވެސް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ.

ވަގުތީ އަމުރަށް އެދުމާއި ގުޅިގެން ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ އެ ބޯޓު ރާއްޖެއިން ފުރައިގެން ގޮސްފިނަމަ ދައުވާ ކުރާ ފަރާތަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމަކާއި ކުރިމަތިވެދާނެކަމަށް ބުރަވެވޭކަމާއި، އަދި ވަގުތީ އަމުރު ނެރެދިނުމުގައި ފުރިހަމަވާންޖެހޭކަމަށް ބުނާ ޝަރުތު ފުރިހަމަވާކަމަށެވެ. އެހެންވެ އެ އުނޅަދާއި އުޅަނދުގެ ކެޕްޓަންގެ ޕާސްޕޯޓް ހިފަހައްޓައި ފިރުން މަނާ ކުރުމަށް އަންގައި ކޯޓުން ވަނީ ވަގުތީ އަމުރު ނެރެފައެވެ.

ނަމަވެސް ދި ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާނެއް ނެރެ ބުނީ މިހާރު އެ ފައިސާ ދައްކާފައިވާކަމަށެވެ. އަދި ފައިސާ ދެއްކުމުން ސިވިލް ކޯޓުން ނެރުން އަމުރު މިހާރު ވަނީ ބާތިލްކޮށްފައިކަމަށެވެ.

ކުންފުނިން ވަނީ މިކަމާއި ގުޅިގެން ދިމާވި ދަތިތަކަށް ދިވެހި ސަރުކާރުގެ ފަރާތުންނާއި ނެކްޓަން މޯލްޑިވްސް މިޝަންގެ ބައިވެރިންގެ ކިބައިވެސް މައާފަށް އެދިފައެވެ. އަދި މިކަމުގައި އިތުރު ބަޔަކު ޒިންމާ ނަގަން ނުޖެހޭނެކަމަށްވެސް ކުންފުނިން މިކަމާއި ގުޅިގެން ނެރުން ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: