ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ކަނޑުއަޑި ދިރާސާ ކުރުމަށް 1000 މީޓަރު ފުންމިނަށް ދިއުމަށް ތައްޔާރު ވަނީ!

ނޫ ރާއްޖެ ޕްރޮގްރާމުން ކުރިޔަށްގެންދިޔަ ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާއަށް ޑައިވަރަކު މައުލޫމާތު ނަގަނީ/ ފޮޓޯ: ނޫ ރާއްޖެ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރާއި، އިންގިރޭސިވިލާތުގެ މެރީން ރީސާޗް އިންސްޓިޓިއުޓެއް ކަމަށްވާ “ނެކްޓަން” ގުޅިގެން، ދިވެހި ކަނޑު އަޑީގެ ދިރާސާއެއް ކުރުމަށް ނިންމައިފި އެވެ.

ބޭރު މީޑިއާއަކުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވާގޮތުން، ދިވެހި ސަރުކާރާއި، ނެކްޓަން ގުޅިގެން ހިންގާ މި ކަނޑު އަޑީގެ ދިރާސާގައި މިހާތަނަށް އެއްވެސް ބަޔަކު، ފީނާފައިނުވާހާ އަޑިޔަށް ފީނުމަށް ނިންމާފައިވެއެވެ. މި ރީސާޗު ކުރިއަށް ގެންދާނީ، ކުޑަ ސަބްމެރީން ވެސަލްފަދަ ހާއްސަ ތަކެތި ބޭނުންކޮށްގެންނެވެ.

ކަނޑުއަޑީގެ ދިރާސާ ކުރުން ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 04 އިން ފެށިގެން 35 ދުވަހުގެ މުއްދަތަކަށެވެ. ސައިންސްވެރިންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދާ މި ދިރާސާގައި ރާއްޖޭގެ 08 ސަރަހައްދަކަށް ފީނުމަށް ވަނީ ހަމަޖެހިފަ އެވެ.

ނެކްޓަންގެ ޗީފް އެކްސެކިއުޓިވް އޮލިވަރ ސްޓީޑްސް ވިދާޅުވެފައިވާގޮތުން މި ދިރާސާތަކަކީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކަނޑަށް އަންނަ ބަދަލުތައް ހޯދައި، އެ ކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް ހިންގާ މަޝްރޫއެކެވެ.

އެނާ ވިދާޅުވީ މި ދިރާސާގައި ރާއްޖޭގެ ކަނޑުގެ ދިރުންތައް ދެނެގަނެ މައުލޫމާތު އެއްކުރުމަށްޓަކައި 1000 މީޓަރު ފުނަށް ފީނައި ދިރާސާތައް ކުރިޔަށް ގެންދާނެ އެވެ. އަދި އެ މައުލޫމާތުތައް ދިވެހި ސަރުކާރާއި ހިއްސާކޮށް، ރާއްޖޭގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކައުތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް ވެސް ސްޓީޑްސް ވިދާޅުވި އެވެ.

ދިވެހި ސަރުކާރާއި، ނެކްޓަން ގުޅިގެން ކުރިއަށް ގެންދާ މި ދިރާސާގައި ބޭނުންކުރާ ބޯޓަކީ، އޮޑެސީގެ ނަން ދެވިފައިވާ ބޯޓެކެވެ. ނެކްޓަންއިން މައުލޫމާތު ހިއްސާކޮށްފައިވާގޮތުން މިވަގުތު ބޯޓު އޮތީ ސްޕެއިން ސަރަހައްދުގައި އެ ބޯޓުގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ މަރުހަލާއެއް ތެރޭގައެވެ. އަދި އެ މަރުހަލާގެ ތެރޭގައި ދިރާސާ ކުރުމަށް ބޭނުން ކުރާ އިތުރު ސާމާނުވެސް ޓެސްޓު ކުރެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

މި ދިރާސާއަށް އިންސާނުން އެތެރޭގައި ތިބެ ފީނަން ބޭނުންކުރާނެ ކުޑަ ދެ ސަބްމެރީން ބޭނުން ކުރާނެއެވެ. އެ ސަބްމެރީން ތަކަކީ 1000 މީޓަރުގެ ފުން މިނަކަށް ފީނުމުގެ ގާބިލުކަން ހުރި ސަބްމެރީންތަކެކެވެ. އަދި ކަނޑުގެ ދިރާސާތަކަށް ބޭނުން ކުރާ ރޮބޮޓު ފަދަ ތަކެތިވެސް މި ދިރާސާތަގައި ބޭނުން ކުރާނެކަމަށާއި، ކަނޑު އަޑީގެ މެޕެއް ތައްޔާރު ކުރުމަށް ބޭނުން ކުރާނެ އާލާތްތަކާއި އެހެނިހެން ވަސީލަތްތައްވެސް ހުންނާނެ ކަމަށް ނެކްޓަންގެ ޗީފް އެކްސެކިއުޓިވް އޮލިވަރ ސްޓީޑްސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސްޓީޑްސް ވިދާޅުވީ، ދިވެހި ކަނޑުގައިވާ ދިރުންތަކާއި ބެހޭގޮތުން މިހާތަނަށް މައުލޫމާތު ހޯދިފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެން ކަމުން މި ދިރާސާގެ މަގުސަދަކީ އިތުރަށް މައުލޫމާތުތައް ދެނެގަތުން ކަމަށާއި، ލިބެން ހުރި ގިނަ މައުލޫމާތުތަކަކީ ތިރީހަކަށް މީޓަރުގެ ފުންމިނާ ޖެހެންދެން ދިރުއުޅޭ ތަކެތީގެ މައުލޫމާތު ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 54%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 2%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: