ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯޓަބަޔާ ހައްޔަރު ކުރުމަށް އިނގިރޭސި ވިލާތުގެ މަޖިލީހުގައި މަޝްވަރާކޮށްފި

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އަދި އިންގިރޭސިވިލާތުގެ ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު އެޑް ޑޭވީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން، ގައުމުން ފިއްލަވައިގެން އުޅުއްވާ، ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ހިފާ ހައްޔަރު ކުރުމަށް ވޮރެންޓެއް ނެރުމަށް، އިނގިރޭސި ވިލާތުގެ ސިޔާސީ ޕާޓިތަކުން ގޮވާލައިފިއެވެ.

ސްރީލަންކާގެ އިގްތިސޯދީ، މާލީ، އަދި އިޖްތިމާއީ ހާލަތު އިންތިހާއަށް ގޯސްވެ، ގައުމު ބަނގުރޫޓުވެފައިވާކަމަށް އިއުލާނު ކުރުމާއި ގުޅިގެން، އެ ގައުމުގެ ރައްޔިތުންތަކެއް ނުކުމެ، ރީޔާސީ ގަނޑުވަރު އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުމުން، ގައުމުން ފިއްލަވައިގެން ރާއްޖެ އައިސްފައިވާ ގޯޓަބަޔާ ރާޖަޕަކްސާ ހިފާ ހައްޔަރު ކުރުމަށް އިނގިރޭސިވިލާރުގެ ސިޔާސީ ޕާޓީ ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު، އެޑް ޑޭވީ އިންގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު އެޑް ޑޭވީ ވަނީ، ގޯޓަބަޔާ ހިފާ ހައްޔަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑެއްގައި ޕާޓްނަރުންތަކަކާއި އެކު މަސައްކަތް ކުރުމަށް މަގު ފަހިވާގޮތަށް ގޮޓަބަޔާގެ މައްޗަށް އެރަސްޓު ވޮރެންޓެއް ނެރުމަށް އިނގިރޭސި ސަރުކާރަށް ގޮވާލައިފައިއެވެ. ގޯޓަބަޔާ ހައްޔަރު ކުރުމަށް ވޮރެންޓެއް ނެރުމަށް ޑެވީ އެދުނީ އެގައުމުގެ މަޖިލީސް ކުރާ ގެކޮޅުގައި ސްރީލަންކާގެ ހާލަތާއިމެދު ވާހަކަދައްކަވަމުންނެވެ.

އިނގިރޭސިވިލާތުގެ މަޖިލީސް ކުރާ ގެކޮޅުގައި ވާހަކަދައްކަވަމުން، އެ ގައުމުގެ ލިބަރަލް ޑިމޮކްރެޓްސް ސިޔާސީ ޕާޓީގެ ލީޑަރު އެޑް ޑޭވީ ވަނީ، ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައިއެވެ. އެގޮތުން، ޑޭވީ ވިދާޅުވީ، ސްރީލަންކާއަށް ކުރިމަތިވެގެން އުޅޭ، ހާލަތަކީ، ރާޖަޕަކްސާގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގެ ނަތީޖާކަމަށެވެ.

އިނގިރޭސި ވިލާތުގެ ސިޔާސީ ޕާޓީ، ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު ޑެވީވަނީ، ސްރީލަންކާއަށް އައިއެމްއެފްގެ އެހީ ދިނުމަށްވެސް ގޮވާލައިފައިއެވެ. އެހެން ނަމަވެސް އެ އައިއެމްއެފްގެ އެހީ ދޭ އިރު، ގޮޓަބަޔާ އަދި، އެނާގެ ބައިވެރިންވެސް ހިފާ ހައްޔަަރު ކުރުމަށް ވޮރެންޓުތަކެއް ނެރުމަށް ޕެކޭޖު ދޭއިރު ޝަރުތު ކުރަންވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ގޯޓަބަޔާ ހައްޔަރުކުރުމަށް އިނގިރޭސި ވިލާތުގެ ޕާލިމެންޓުގައި މަޝްވަރާތަކެއް ކުރެވިފައިވާއިރު، ގައުމު ބަނގުރޫޓުވުމުގެ އިއުލާނާއިއެކު، ރުޅިގަދަވެފައިވާ ރައްޔިތުންތަކެއް، ސްރީލަންކާގެ ރަޔާސީ ގަނޑުވަރު އެމީހުންގެ ބާރުގެ ދަށަށްގެނެއުމުން، ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައެވެ.

ގޯޓަބަޔާ ރާޖަޕަކްސާ މިހާރު މަސައްކަތްކުރަމުންދަނީ، ރައީސް ސާލިހުގެ ސަރުކާރުގެ އެހީގައި ޕްރައިވެޓު ޖެޓެއް ހޯދުމަށްފަހު، ސިންގަޕޫރު ފަދަ ގައުމަކަށް ފުރުމަށްކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: