ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާ ސަރުކާރު “ގުޑުވާލަން” އަނެއްކާވެސް މުޒާހަރާއަށް ނިކުންނަނީ! 

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައްޔިތުން ތަހައްމަލް ކުރަމުން ގެންދާ ދަތި ދުވަސްތަކުން އަރައިގަތުމަށްޓަކައި ރައްޔިތުން ޑިމާންޑް ކުރަމުންދާ ގޮތައް ސަރުކާރުގެ މަތިފަޑިއަށް ބަދަލު ނުގެންނާތީ އަނެއްކާވެސް ބޮޑު މުޒާހަރާއެއް ކުރަން ނިންމައިފިއެވެ.

ސްރީލަންކާ ސިފައިންގެ ކުރީގެ ޗީފް އަދި މިހާރު އިދިކޮޅު ލީޑަރެއް ކަމަށްވާ ސަރަތު ފޮންސެކާ މިއަދު ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަމުން ވިދާޅުވީ ސަރުކާރު “ގުޑުވާލުމަށް” އަންނަ އޮގަސްޓް މަހުގެ 09 ވަނަ ދުވަހު އާއްމު ރައްޔިތުން ބޮޑު މުޒާހަރާއަކަށް ނިކުންނާނެ ކަމަށެވެ.

ފޮންސެކާ ވިދާޅުވީ އޮގަސްޓް 09 ވަނަ ދުވަހު ބާއްވާ މުޒާހަރާއަށް ސްރީލަންކާގެ ހުރިހާ ރައްޔިތުން ވެސް ނިކުތުމަށް ގޮވާލާ ކަމަށެވެ. “އެއީ ކޮރަޕްޓްވެފައި ތިބި ސިޔާސީ ލީޑަރުންގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ރައްޔިތުން ނިކުންނަ އެންމެ ފަހު ދުވަސް. އެދުވަހު މިކަން ރައްޔިތުން ނިންމާނެ.” ފޮންސެކާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޒާހަރާއަށް ނިކުންނަ މީހުންނަށް ފުލުހުންނާއި ސިފައިން ހަމަލާ ދީގެން ނުވާނެ ކަމަށެވެ.

މިމަހުގެ 09 ވަނަ ދުވަހު ވެސް ސްރީލަންކާ ރައްޔިތުން ބޮޑު މުޒާހަރާއަކަށް ނިކުތެވެ. އެދުވަހު މުޒާހަރައަށް ނިކުތް މީހުން ވަނީ ބޮޑުވަޒީރުގެ ގަނޑުވަރާއި ރައީސްގެ ގަނޑުވަރާއި ރައީސް އޮފީސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ނަތީޖާއަކަށްވީ ރައީސް ކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސައަށް ގޮތްހުސްވެ އެންމެ ފަހުން އިސްތިއުފާ ދެއްވަން މަޖުބޫރުވުމެވެ.

ނަމަވެސް ގޮތަބަޔާއަށް ފަހު މިހާރު ރައީސް ކަމާއި ހަވާލުވެގެން ހުންނެވި ރަނިލް ވިކްރަމަސިންހަ އަކީ ރާޖަޕަކްސަ އާއިލާއާއި ގުޅުން އޮންނަ ބޭފުޅެއް ކަމަށް ވިދާޅުވީ ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އޭނާ ވެސް ރައީސް ކަމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: