ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ބަދަލުވިއަސް ސްރީ ލަންކާއާއި ރާއްޖޭގެ ގުޅުން އޮންނާނެކަމުގެ ޔަގީންކަން އެ ގައުމުން ދީފި

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ލަންކާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަޖިންދާ ޔަޕާ އަބޭވަރުދޭނާއާއި ބައްދަލު ކުރައްވައިފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގޭގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އަސްލަމް ވަނީ މި ދައުވަތަށް ޝުކުރު އަދާ ކުރައްވާފައެވެ. މިއީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަޖިންދާ ޔަޕާ އަބޭވަރުދޭނާގެ ދައުވަތެކެވެ. އަސްލަމްގެ ވާހަކައިގައި ރާއްޖެއާއި ސްރީ ލަންކާއާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންގެ މެދުގައި ކުރިން ހިންގަމުން އައި ތަމްރީނު ޕްރޮގްރާމްތައް ކޮވިޑާއި ގުޅިގެން ހުއްޓިފައިވާތީ، އަލުން ފެއްޓެވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަޖިންދާ ޔަޕާ އަބޭވަރުދޭނާގެ ވާހަކައިގައި ދެ ގައުމުގެ ގުޅުމަކީ ޒަމާންވީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ވެރިކަމަށް ބަދަލު އައި ނަމަވެސް ގުޅުމަށް ބަދަލު ނާންނޭކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރަށް މަޖިލީހުގެ ރައީސް ވަނީ ސްރީލަންކާގެ އެކްޓިންގ ފޮރިން މިނިސްޓަރާއިވެސް ބައްދަލު ކުރައްވާފައެވެެ. ދެ ގައުމުގެ ގުޅުން ދެ ގައުމަށްވެސް ފައިދާވާނެ ގޮތުގައި ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: