ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ލަސްވާތީ މައްސަލަ ޖޭއެސްސީއަށް ހުށައަޅާނަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑާކޮށް، ރިޝްވަތު ހިފުމުގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު އަޑުއެހުންތައް ލަސްވާ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ނިމި، އިސްތިއުނާފާއި ހަމައަށް ދެވުނު ނަމަވެސް އަދިވެސް ޝަރީއަތް ބާއްވާފައި ނުވެ އެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެކި ފަހަރު މަތީން ހައިކޯޓުގެ ރެޖިސްޓްރާއާއި ވެސް ބައްދަލު ކުރަން މަސައްކަތް ކުރި އެވެ.

އޭރު ކޯޓުގެ އިދާރާއިން ދިން މައުލޫމާތުތަކުގައި ބުނީ، އަޑުއެހުން ލަސްވަނީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންކަމަށާއި، މައްސަލަތައް ފުނިޖެހިފައި ހުރިއިރު ވަކި ބޭފުޅަކަށް ހާއްސަކޮށް ޝަރީއަތެއް ތާވަލު ނުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތަކާއި އެކު، ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ފުއްގިރި މައްސަލައިގެ ޝަރީއަތް ވެސް ވަނީ މަޑުޖެހިފަ އެވެ. އެ މައްސަލަ ވެސް އެންމެ ފަހުން ކުރިޔަށް ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އަނެއްކާވެސް ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަތައް ދައްކަން ފަށާފައި ވަނީ އެމްޑީޕީއެވެ. އެ ޕާޓީން ބުނެފައި ވަނީ ސަރުކާރުން ވައުދުވި ގޮތަށް، އެމަނިކުފާނު މިނިވަން ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. ރޭ އައްޑޫގައި އެމްޑީޕީގެ ލީޑާޝިޕް ބޭއްވި ޖަލްސާގައި މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ހުންނަވާ އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް ނުބާއްވާ އެތައް ދުވަހެއް ވުމުން ދޭހަވަނީ މި ސަރުކާރުން އެ މައްސަލައަށް ނުފޫޒު ފޯރުވަމުންދާ މިންވަރު ކަމަށެވެ. އަދި މައްސަލައިގެ ތެރެއަށް ސަރުކާރުން އަތް ބާނައި ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެއްވި އެވެ. އެގޮތުން އެންމެ ފަހުން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް އޮތީ މީގެ 4 މަސް ކުރިކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މައްސަލަ ލާނަމޭ.

ވަކި ވެރިޔަކަށް ވީތީ އިންސާފު ނުލިބުން ގަބޫލު ނުކުރެވޭކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ދޭން ޖެހޭނެކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވީ ޑިސެމްބަރު 25، 2022 ގައެވެ. އެއަށްފަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ނިމިފައި އޮންނަތާ މިހާރު އެތައް ދުވަހެއް ވަނީ ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: