ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަން” ގެ ހަތަރުވަނަ ބައްދަލުވުން ބާއްވައިފި

މޯލްޑިވްސް ސްރީލަންކާ ޖޮއިންޓު ކޮމިޝަން ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ “މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަން” ގެ ހަތަރުވަނަ ބައްދަލުވުން ކުރިއަށް  ގެންގޮސްފިއެވެ.

ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، އެ ކޮމިޝަނުގެ އިސް ފަރާތްތަކުގެ ދެމެދު ކުރިއަށް ގެންދިޔަ މި ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ސްރީލަންކާގެ ފޮރިން މިނިސްޓްރީ އިމާރާތުގައެވެ. މި ބައްދަލުވުން ކޯޗެއަރ ކޮށްދެއްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސެކެޓްރީ ޑރ ހާލާ ހަމީދު އަދި ލަންކާގެ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ ޔަސޯޖާ ގުނަސެކަރައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުންވެސް ވަނީ މަސްލަހަތު ހިމެނޭ މުހިންމު މައްސަލަތަކަށް އަލިއަޅުއްވާ މަޝްވަރާތަކެއްކޮށްފައެވެ. އެގޮތުން ވިޔަފާރީގެ ދާއިރާ އަދި އިންވެސްޓުމެންޓުތަކާއި، ދިފާއީ ބާރުގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އާއި ސިއްހީ ދާއިރާ، ތައުލީމު އަދި ވަޒީފާގެ ދާއިރާއާއި ޒުވާނުނަށް ދިމާވެފައިވާ ގޮންޖުންތަކާއިމެދުވެސް މަޝްވަރާތައް ކުރެވިގެންދިޔަކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، ދެ ގައުމުންވަނީ ބޭރުގައުމުތަކުގައި ތިބި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކުރުމާއިމެދުވެސް މަޝްވަރާތަކެއްކޮށްފައެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ތެރޭގައި މިނިސްޓަރުން ބައިވެރިވުމާއިއެކު ކުރިއަށް ގެންދެވޭ ހަރަކާތެއްވެސް މިހާރުވަނީ ނިންމާލާފައެވެ. އެ ހަރަކާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އިރު، ލަންކާގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: