ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއިން ރާއްޖެއަށް 50،000 ރުއް ގެންނަނީ!

ރާއްޖޭގެ އެގްރިކަލްޗާ މިނިސްޓަރު އަދި ސްރީލަންކާގެ ޕްލާންޓޭޝަން މިނިސްޓަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އިންދުމަށް ސަރުކާރުން ސްރީލަންކާގައި 50،000 ރުކަށް އެދިއްޖެއެވެ.

ސްރީލަންކާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާގޮތުން، ސްރީލަންކާއިން ގިނަ އަދަދެއްގެ ރުއް ހޯދުމަށްޓަކައި އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ އެގްރިކަލްޗާ މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަންއެވެ. އޭނާ މި މަސައްކަތްތަކުގައި އެދިވަޑައިގެންފައިވަނީ ލަންކާގެ އިންޑަސްޓްރީސް އެންޑް ޕްްލާންޓޭޝަން މިނިސްޓަރު ޑރ ރަމޭޝް ޕަތިރަނަގެ އަރިހުންނެވެ. ރާއްޖޭގެ ސަރުކާރުން އެދިފައިވަނީ އެ ގައުމުގެ ކޮކަނަޓް ރީސާޗް އިންސްޓިޓިއުޓުން 50،000 ހައިކޮލިޓީ “ހައިބްރިޑް” ރުއް ހޯދުމަށެވެ.

މިނިސްޓަރު ހުސައިން ރަޝީދު އަދި ސްރީލަންކާގެ ޕްލާންޓޭޝަން މިނިސްޓަރު ދެމެދު މި މަޝްވަރާކުރެވިފައިވަނީ ދާދި ފަހުން، ސްރީލަންކާގެ ޕްލާންޓޭޝަން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ހާއްސަ ބައްދަލުވުމެއްގައެވެ.

ސްރީލަންކާގެ ޕްލާންޓޭޝަން މިނިސްޓަރު ބުނެފައިވާގޮތުން، އެ ގައުމުގ ކޮކަނަޓް ރީސާޗް އިންސްޓިޓިއުޓު އަދި ކޮކަނަޓް ކަލްޓިވޭޝަން ބޯޑާއި މަޝްވަރާތައް ކުރުމަށްފަހު، ރާއްޖެއިން އެދިފައިވާކަންކަން އިންތިޒާމުކޮށްދެއްވާނެއެވެ. އަދި އެ ދާއިރާއަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ގައުމުގެ ސައި ފަތް ވިޔަފާރިއަށްވުރެ ކުރިއަރައިގެން ދިއުމުގެ ގާބިލުކަން ހުރި ސިނާއަތެއްކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އެގްރިކަލްޗާ މިނިސްޓަރު ވިދާޅުވެފައިވާގޮތުން، މިވަގުތު ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭނުމުގައި އެތެރެކުރާ ކާށިން އުފައްދާ ތަކެތި އިމްޕޯޓުކުރަމުންދަނީ އިންޑޮނީޝިއާއިންކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ދިވެހިރާއްޖެއިން ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތު ކޮޅަށް ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، ރާއްްޖެއިން އެ ގައުމުގެ ރައްޔިތުން ތަމްރީނު ކުރުމާއި، ދާއިރާގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ދާއިރާ ޕްރޮމޯޓުކުރުމަށްވެސް އެހީތެރިވާނެކަމަށް ބުނެފައިވާއިރު، މަސްވެރިކަމުގެ ދާއިރާވެސް ހަރުދަނާކުރުމަށް ރާއްޖެއިން އެހީ ފޯރުވާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: