ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ އދ ހެޑްކުއާޓާރ ކުރިމަތީ އިސްރާއީލާ ދެކޮލަށް އަޑުއުފުލައިފި

ފަލަސްތީނުގެ ހައްގުގައި ކުރި މުޒަހަރާއެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި ކުރިއަށް ގެންދިޔަ ހަަރަކާތަކަށް އެ ގައުމުގެ ފުލުހުން ހުރަސް އަޅައިފިއެވެ.

ސްރީލަންކާގެ ޑެއިލީ މިރޯރއިން ރިޕޯޓުކޮށްފައިވާގޮތުން އެ ގައުމުގެ މީޑިއާތައް ގުޅިގެން އުފައްދާފައިވާ “ސްރީލަންކަން ޖާރނަލިސްޓްސް ފޯރ ގްލޯބަލް ޖަސްޓިސް” އިންވަނީ ކޮލޮމްބޯގައި ހުންނަ ފަލަސްތީނުގެ އެމްބަސީއިން ކައިރިން ފަށައިގެން އެ ގައުމުގައި ހުންނަ އދގެ ހެޑްކުއާޓާރޒްއާއި ހިސާބަށް ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި އެ ޖަމިއްޔާއިންވަނީ ކޮލޮމްބޯގައި ހުންނަ އދގެ މަންދޫބަށް ޕެޓިޝަނެއްވެސް ހުށައެޅުމަށް އިންތިޒާމުކޮށްފައިކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ހިނގާލުމުގެ ބައިވެރިން އދގެ އިމާރާތާއި ދިމާލަށް މިސްރާބުޖެހުމުން ގިނަ އަދަދެއްގެ ފުލުހުންވަނީޫ އެއްވެ ކުރިއަށް ނުދެވޭނެ ގޮތަށް ހުރަސް އަޅާފައިކަމަށް ބުނެފައިވެއެވެ. އަދި ހުރަސް އެޅީ އެ ސަރަހައްދަކީ ހައި ސެކިއުރިޓީ ޒޯނެއް ކަމަށްވުމުން ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ހިނގާލުމުގެ ބައިވެރިންވަނީ އެހެން މަގުތައް މެދުވެރިކޮށް އދ އިމާރާތްކުރިމައްޗަށް އެއްވެ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް އަޑު އުފުލާފައެވެ. އަދި ހުށައެޅުމަށް ކަނޑައެޅިފައިވާ ގޮތަށް ޕެޓިޝަންވެސް ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ލަންކާގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ބައިވެރިން އދގެ ހެޑްކުއާޓާރޒް ސަރަހައްދުގައި ގަޑިއިރެއްވަރު އަޑުއުފުލަމުންދިޔަކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު މަސައްކަތްތައް ރާވަމުންދާކަން ހިނގާލުން އިންތިޒާމު ކުރި ފަރާތްތަކުން ހާމަކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: