ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްކައުތެރި ދަނޑުވެރިކަމުގެ އުސޫލުތަކަށް އަހުލުވެރިވެ، ސިއްހީ ދުޅެހެޔޮކަން ކަށަވަރު ކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ރައްކައުތެރި ދަނޑުވެރިކަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

ބައިނަލްއަގުވާމީ ސިއްހަތުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ، ރައްކައުތެރި ދަނޑުވެރިކަމުގެ އުސޫލުތައް ދަނޑުވެރިން އަހަލުވެރިކުރުމަށެވެ. އަދި އެކަމުގެ ސަބަބުން ތިމާވެށި ރައްކައުތެރިވެގެންދާކަމަށާއި، އެހެންކަމުން ފާޓިލައިޒާ ބޭނުން ކުރުމުގެ ބަދަލުގައި އޯގެނިކް ފާމިންގގެ ބޭނުން ހިފައި ސިއްހަތު ރައްކައުތެރި ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ރައީސް ވަނީ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރެއްވުމާއިމެދުވެސް މި ފުރުސަތުގައި ވާހަކަދައްކަވާފައެވެ.

ބައިނަލްއަގުވާމީ ސިއްހަތުގެ ދުވަހާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ އަހަރީ ދުވަހަކީ އެއް ދުވަހެއް ކަަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ޖަމިއްޔާއިން ގިނަ އެހީތައްވެފައިވާކަމަށެވެ. އެހެންކަމުން ރާއްޖޭގެ ފަރާތުން ރައީސް ވަނީ އެ ޖަމިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ “ހެލްތު ފޯ އޯލް” ކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އާންމު ސިއްހީ ހާލަތު ރަނގަޅު ކުރުމުގެ ވާހަކަ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތެރެއިން ކާމިޔާބީތަކެއް ހާސިލު ކުރެއްވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ތެރެއިން ފާހަގަކުރެވެމުންދާ ކަންކަމަށް އަލިއަޅުއްވައި އެމަނިކުފާނުވަނީ ބޮޑެތި ބަލިތައް ނުވަތަ ފަރުވާ ދިނުމަށް ދަތި ބަލިތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާތެރިވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ބަލިތައް އިތުރުވަމުންދާ ސަބަބުތައް ދިރާސާތަކުން ދެނެގަންނަން ޖެހޭކަމަށެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: