ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‎ކުވައިތު ފަންޑުގެ އެހީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

‎7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

‎ކުވައިތު ފަންޑުގެ އެހީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހދ. ހަނިމާދޫ، ނ. ވެލިދޫ، ށ. މިލަންދޫ، ކ. ތުލުސްތޫ، އދ. މާމިގިލި، ވ ފެލިދޫ، ތ. ވިލުފުށި އަދި ތ. ވިލުފުށި ހޮސްޕިޓަލް އިމާރާތްކުރުމެވެ.

‎ހދ ހަނިމާދޫ، އދ މާމިގިލި، ފެލިދޫ އަދި ތ ވިލުފުށި ހޮސްޕިޓަލްތައް ހަވާލުކުރެވިފައިވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއިއެވެ. އަދި ށ މިލަންދޫ، ނ ވެލިދޫ، ކ ތުލުސްދޫގެ ހޮސްޕިޓަލްތައް ހަވާލުކުރެވިފައިވަނީ އާނަންޑް ބިލްޑެޓެކް ޕްރައިވެޓް ލިމިޓެޑާއިއެވެ.

‎މި 7 ހޮސްޕިޓަލް އިމާރާތްކުރުމަށް ކުވައިތު ފަންޑުން 686 މިލިއަން ރުފިޔާ ވަނީ ހަމަޖެހިފައެވެ.

‎މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ހޮސްޕިޓަލްތަކަކީ ކޮވިޑްފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމަނައިގެން ހަދާ ހޮސްޕިޓަލްތަކެކެވެ.

‎ހޮސްޕިޓަލަށް ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯ ވޯޓުގެ ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

‎ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވާނެކަމަށާއި، ހަމަ މިއާއިއެކު ކައިރި ރަށްރަށަށް ބޭނުންވާ އޮކްސިޖަން ފުޅި ސަޕްލައި ކުރުމަށްޓަކައި، އޮކްސިޖަން ޕްލާންޓެއްވެސް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫއު ނިންމުމަށް ދީފައި ވަނީ 540 ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: