ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައިގެ ބޮޑު ކުރިއެރުމެއް ލިބޭ ގިނަ ދިވެހިން ނެތް؛ އަމާޒަކީ ތައުލީމާއި ތަމްރީނު ފޯރުކޮދިނުން

ސިއްހީ ދާއިރާގެ މުވައްޒަފުންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޭއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރައަށް އަންނަ ބަދަލާއި އެކު ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް 482.2 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މީޑިއާތަކަށް މައުލޫމަތު ދެއްވަމުން ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް ވިދާޅުވީ މުސާރައަށް ގެނައި ބަދަލާއި އެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެނެސްފައިވާކަމަށެވެ. އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލު ކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ހުންނާނެކަމަށް ވިދާޅުވި އެވެ.

ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ކެންސަރު ފަރުވާތައް ފަދަ ފަރުވާތަކަށް ހާއްސަ ފަންނުވެރިން ބޭނުންވާތީ އެ ފަންނުތަކަށް ވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެކަމަށާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ސިއްހީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަން ދީފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ މީޑިއާތަކާއި ހިއްސާ ކުރި މައުލޫމާތުތަކުގައި ވާގޮތުގައި، މުސާރައަށް ގެނައި ބަދަލާއި އެކު އާ އޮނިގަނޑަށް ބައެއް މުވައްޒަފުން މައިގްރޭޓު ކުރި އެވެ. އެއީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ 1004 މުވައްޒަފުންނާއި، ހެލްތް ސެކްޓަރުގެ 965 މުވައްޒަފުން އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި، އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ 298 މުވައްޒަފެކެވެ.

މުސާރައަށް ބޮޑު ބަދަލެއް އައި ބައެއް ދާއިރާތަކުގެ ތެރޭގައި، ސީނިއާ ސަބް ސްޕެޝަލިސްޓު ކޮންސަލްޓެންޓުން ހިމެނެ އެވެ. އެއީ 71،649 ރުފިޔާގެ މުސާރައެއް ލިބެމުން އައުމަށް ފަހު އައު އޮނިގަނޑާއި އެކު ލިބޭ 87،392 ރުފިޔާ އެވެ.

މި ދެ ދާއިރާގެ ތެރެއިން، ރާއްޖޭގައި މިވަގުތު ހުރީ އެންމެ ސީނިއާ ސަބް ސްޕެޝަލިސްޓު ކޮންސަލްޓެންޓެކެވެ. އަދި ކޮންސަލްޓެންޓް ސަބް ސްޕެޝަލިސްޓުންގެ ތެރޭގައި 10 ދިވެހި މުވައްޒަފުން އެބަތިއްބެވެ. އެ މީހުންނަށް ކުރިން ލިބެމުން އައީ 60،409 ރުފިޔާ ނަމަވެސް މޭއި އެކަކުން ފެށިގެން ލިބޭނީ 77،577 ރުފިޔާގެ މުސާރަ އެކެވެ. މިއީ 17،168 ރުފިޔާގެ އިތުރުވުމެކެވެ.

ސިއްހީ ދާއިރާގެ ހާއްސަ އެލަވަންސްތަކާއި، އައި އިނާޔަތްތަކުގެ ތަފްސީލުތައް ވެސް ރޭގެ ޕްރެސްގައި މީޑިއާތަކާއި ހިއްސާ ކުރި އެވެ.

ސިއްހީ ދާއިރާގެ މުސާރަތަކަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިހެން ސަރުކާރުން ބަދަލުތައް ގެންނައިރު ކުރިން ސަރުކާރުގެ ވުޒާރާތަކުގައި 35 އިންސައްތަ އެލަވަންސް ނުލިބި ތިބި ފަރާތްތަކަށް އެ އެލަވަންސް ލިބިގެންދާނެ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިއުލާނު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9،838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ.

އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: