ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައިގެ ބޮޑު ކުރިއެރުމެއް ލިބޭ ގިނަ ދާއިރާތަކުގައި ދިވެހި މުވައްޒަފުން ނެތް!

އޭޑީކޭގެ ކެތު ލެބްގައި އޮޕަރޭޝަނެއް ކުރުމަށްކުރުމަށް ޑޮކްޓަރުން ހަރަކާތްތެރިވަނީ/ ފޮޓޯ: އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށް، ސަރުކާރުން އެކަން އިއުލާނު ކުރި ނަމަވެސް ގިނަ ރޭންކުތަކުގައި އެއްވެސް ދިވެއްސެއް ނެތްކަމަށް އާއްމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ރައީސް އޮފީހުގައި ރޭ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ޕޭކޮމިޝަނުން އާއްމު ކުރި މައުލޫމާތުތަކުގައި ވާގޮތުގައި، މުސާރަ ބޮޑު ކުރި ގިނަ ރޭންކުތަކުގައި ދިވެހި އެއްވެސް މުވައްޒަފަކު ނެތެވެ. ނުވަތަ މަތީ އެއްވެސް ރޭންކެއްގައި ގިނަވެގެން ތިން މުވައްޒަފުން ވެސް ނެތެވެ.

މި ދާއިރާތަކުގައި ގިނައީ މަސައްކަތް ކުރާ ބިދޭސީންނެވެ. އަދި ދިވެހިންގެ ތެރޭގައި އެ ރޭންކުތަކަށް ފެތޭ މިންވަރަށް ތައުލީމު ފުރިހަމަ ކުރި މަދު ބައެއް ތިބި ނަމަވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖެއިން ބޭރުގަ އެވެ.

މުސާރަ ބޮޑުކުރި ދާއިރާތަކުގެ ތެރެއިން، 171 މަގާމެއްގައި އެއްވެސް ދިވެއްސަކު ނެތެވެ. ބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަމަށްވުމާއި އެކު، ބިދޭސީންނަށް މުސާރައިގެ ކުރިއެރުން ނުލިބޭނެ އެވެ.

ސަރުކާރުން އިއުލާނު ކުރި ދާއިރާތަކުގައި ގިނަ ދާއިރާތަކުގައި، އެއްވެސް ދިވެއްސަކު ނެތް ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ޕޭ ކޮމިޝަނާއި ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އެ ރޭންކުތަކަށް ޕްރޮމޯޓުވުމަށް ގިނަ އަހަރުތަކެއް ކިޔެވުމުގައި ވެސް ހޭދަ ކުރަން ޖެހޭ ކަމަށެވެ. އަދި އެ ރޭންކުތަކަށް ދެވޭނެ ގާބިލުކަން ހުރި ދިވެހިން ތިބުމާއި އެކު ބޭނުމަކީ އިތުރަށް ތައުލީމު ފުރިހަމަ ކުރުމަށް އެ މީހުންނަށް ބާރު އެޅުންކަމަށް ބުންޏެވެ.

ސަރުކާރުން މުސާރައަށް ގެންނަ ބަދަލާއި އެކު، މުސާރައަށް އޭގެ އަސަރު އަންނާނީ 3،710 މުވައްޒަފެއްގެ އެވެ.

އެއްވެސް ދިވެއްސެއް ނެތް ރޭންކުތަކުގެ ތެރޭގައި، 48،288 ރުފިޔާގެ މުސާރަ އާއި، 43،912 ރުފިޔާ ކަނޑައަޅާފައިވާ ނާސިން މެނޭޖަރުން ހިމެނެ އެވެ. ރާއްޖޭގައި މިވަގުތު ހުރީ ޑިރެކްޓާރ އޮފް ނާސިން ރޭންކު 09 އެއްގެ އެންމެ މުވައްޒަފެކެވެ. ކުރިން ލިބެމުން އައީ 22،782 ރުފިޔާގެ މުސާރައެއް ނަމަވެސް އޭނާއަށް ދެން ލިބޭނީ 36،526 ގެ މުސާރައެކެވެ. އެއީ ކުރިން ލިބެމުން އައި މުސާރައިގެ 60 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން ވެސް ވަރަށް ގިނަ ދާއިރާތަކުގައި ދިވެހިން ނެތެވެ.

ސިއްހީ ދާއިރާގައި ހިމެނޭ 67 ޖޮބް މެޓްރިކްސްގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލު ހާމަކުރިއިރު އޭގެތެރޭގައި ހިމެނެނީ ހެލްތު އެންޑް ސޯޝަލް ސެކްޓާގެ 63 ޖޮބް މެޓްރިކްސްއަކާއި ހެލްތު އެޑިއުކޭޝަންގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއަކާއި ސޯޝަލް ސާވިސްގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއެކެވެ. މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ.

ބޮޑެތި ރޭންކުތަކުން މުސާރައިގެ ކުރިއެރުން ލިބުނު މީހުންނަށް، 10،000 ރުފިޔާގެ ކުރިއެރުން ލިބިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވަރަށް މަދު ބައެކެވެ. އަދި ދަށް ރޭންކުތަކަށް 2،000 ރުފިޔާ އާއި، 3،000 ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ލިބޭނެ އެވެ. އެހެންކަމުން، ގިނައީ މުސާރައަށް، 2،000 – 3،000 ގެ ކުރިއެރުން ލިބުނު މުވައްޒަފުންނެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުރި ބައެއް ފަންނުތަކާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިޕާޓްމަންޓް އޮފް ޖެވެނަލް ޖަސްޓިސްގެ ބައެއް ފަންނުތަކާއި ސްކޫލްތަކުގެ ސިއްހީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: