ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ތައްޔާރުވުމަށް ރައީސް ސާލިހު އެދިވަޑައިގެންފި

އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ޞިއްޙީ ދާއިރާގެ މުސާރައަށް މިމަހުން ފެށިގެން ގެނެވުނު ހެޔޮ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ހާޞިލްކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހާ މިންވަރަށް ފުޅާކުރެވެމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން މިހާރު ކުރިއަށްދާ ޚިދުމަތްތަކާ އެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށާއި، އަދި މިއީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، ފަހިކޮށްދެވޭ ފުރުޞަތުތަކެއްކަން ފާހަގަކުރައްވައި، އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވުމަށް ޒުވާނުންގެ ކިބައިން ރައީސް ސާލިހު އެދިވަޑައިގެންނެވިއެވެ. އަދި ދިވެހި ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ޞިއްޚީ ޚިދުމަތަށް ނުކުންނާނޭކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އަދިވެސް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައްތައް ހުރިކަން އަޅުގަނޑަށް ފާހަގަ ކުރެވޭ. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެކަންކަމާ މަޝްވަރާކޮށް، އެއަށް ރަނގަޅު ހައްލެއް ހޯދަން މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެކަން ވެސް ތި ބޭފުޅުންނަށް ފެނިގެންދާނެ.

ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ރައީސް ސާލިހު އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އިތުރުން، ޑަބުލިޔުއެޗްއޯގެ ފަރާތުން ރާއްޖޭގައި ތިއްބަވާ އިސްވެރިންނާއި، މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި ދައުލަތުގެ ވަޒީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރާއްޖޭގައި ޢާއްމު ޞިއްޙަތުގެ އޭރާއި މިހާރުގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ސާލިހު ވިދާޅުވީ، ކުރިން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަމުން އައީ ގައިންގަޔަށް އަރާ ބަލިތަކުގައި ނަމަވެސް، މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވުމަކީ، ދިރާސާކޮށް އެކަމުގެ ހަޤީޤަތް ހޯދަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި، މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅުއްވާފައިވާ “ޞިއްޙަތު އެންމެނަށް” މިޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އެއީ ރާއްޖޭގައި އަލުން ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިއާރެއް ކަމަށެވެ. އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުގައިވެސް، އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސް ސާލިހުގެ ވާހަކަފުޅުގައި، މިއަހަރަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް 75 އަހަރުފުރޭ އަލިމަސް އަހަރުކަން ފާހަގަކުރައްވައި، އެޖަމިއްޔާގެ އިސްވެރިންނަށް ތަޙްނިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ތާރީޚަށާއި ޞިއްޙީދާއިރާއިން ރާއްޖެއިން ހޯދި ކާމިޔާބީތަކުގައި ޑަބްލިޔުއެޗްއޯއިން އަދާކޮށްފައިވާ މުހިއްމު ދައުރުގެ މައްޗަށްވެސް ރައީސް ސާލިހު އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މުޅި ދުނިޔެއިންވެސް މެލޭރިޔާ ނައްތާލެވުނު ފުރަތަމަ ޤައުމަށް ރާއްޖެވެގެން ދިޔައިރު، ފައިލޭރިޔާއާ، ހިމަބިއްސާއި ރުބެއްލާ އަދި ޕޯލިއޯއާ ޓެޓްނަސް ނައްތާލެވި، މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗް.އައި.ވީ އާއި ސިފިލިސް ވާރުތަނުވާ ޤައުމަކަށް ރާއްޖެވެގެންދިޔުމާއި، ކޯވިޑް-19ގެ ހާލަތުން އަރައިގަތުމުގައި ޑަބުލިޔުއެޗްއޯއިން ފޯރުކޮށްދެއްވާފައިވާ އެހީތައް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯގެ ޙިއްޞާ ވަރަށް ބޮޑުކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ، ސަރުކާރުގެ ކޯވިޑް-19 އިޖާބައިގެ ޚުލާސާ ރިޕޯޓް ރައީސް ސާލިހުގެ އަތްޕުޅަށް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: