ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޯޓު ފުލުހުންނާއި ހަވަލުކޮށްފި

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޯޓު މިއަދު ފުލުހުންނާއި ހަވަލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ބޭރުގެ ބޯޓެއް ރާއްޖޭގެ ކަނޑުން މަސްވެރިކަންކުރި ވާހަކައެއް ފެންމަތިވީ އިއްޔައެވެ.

މި މައްސަލައާއި ގުޅޭ ތަފްސީލު ހޯދުމަށް “ސަންގު” އިން ފުލުހުންނަށް ގުޅުމުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރަމުންދިޔަ ސްރީ ލަންކާގެ މަސް ބޯޓެއް އެމްއެންޑީއެފް ގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި ބޯޓުގައި ތިބި މީހުންނާއިއެކު، އެމްއެންޑީއެފުން މިއަދު ފުލުހުންނާއި އެ ބޯޓު ހަވާލުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ފުލުހުން ދަނީ ބަލަމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިއްޔެ އިންޑިޔާ ސަރަހައްދަށް ވަތް ދިވެހި މަސްދޯނި މީހުން ކޮއްޕާ ނީލްޑައުންކޮފަ ދެން ތިހެން ނުހަދައްޗޭ ކިޔާފަ ދޯނި ދޫކޮށްލީމަ އިންޑިޔާ ސިފައިން ނުބައިވެގެން އުޅުނު މީހުން މި ބޯޓު ދޫކޮށްލަން ގޮވަންވީނޫންތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: