ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއިން ފިއްލަވައިގެން ވަޑައިގެންނެވި ރައީސް ގޯޓަބަޔާ، އަނބުރާ ގައުމަށް ގޮސްފި

ރައީސް ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާއިން ފިއްލަވައިގެން ވަޑައިގެންނެވި، އެ ގައުމުގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، އަލުން އަނބުރާ ލަންކާއަށް ވަޑައިގަންނަވައިފިއެވެ.

ސްރީލަންކާގެ މާލީ އަދި އިޖްތިމާއީ ހާލަތު ދަށަށް ގޮސް، ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ، ހިނގައިދިޔަ ބޮޑެތި ހަމަނުޖެހުންތަކާއިއެކު، ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ރައުކައުތެރިކަން ކަށަވަރު ކުރުަމަށްޓަކައި، ގައުމުން ފިއްލެވައިގެން ދިވެހިރާއްޖެވެސް ވަޑައިގެންނެވި، ރައީސް ގޯޓަބަޔާ، އެނާގެ ގައުމަށް އަނބުރާ ވަޑައިގެންނެވީ، ފިއްލެވިތާ ގާތް ގަނޑަކަށް ދެމަސް ދުވަސް ފަހުންނެވެ.

އެނާ ލަންކާއަށް އެނބުރި ވަޑައިގަތުމުން، ގިނަ އަދަދެއްގެ މިނިސްޓަރުންނާއި، އިސް ފަންތީގެ ބޭފުޅުން އަދި އެނާއަށް ތާއީދު ކުރާ މީހުންވަނީ، އެއަރޕޯޓު ސަރަހައްދަށް އެއްވެ، އެނާއަށް މަރުހަބާ ކިޔާފައެވެ.

ގޮޓަބަޔާ ސްރީލަންކާއަށް އެނބުރި ގޮސްފައިވާއިރު، އެނާއަށް ކުރީގެ ރައީސަކަށް ދޭ ހުރިހާ އިނާޔަތެއް ލިބިގެންދާނެކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އިނާޔަތްތަކުގެ ތެރޭގައި ސަރުކާރުން އެނާއާއި ހަވާލު ކުރާ ގެކޮޅެއް އަދި އެހެނިހެން ގިނަ އިނާޔަތްތައްވެސް ހިމެނެއެވެ.

ލަންކާއިން ފިއްލެވުމަށްފަހު، ގޯޓަބަޔާ ފުރަތަމަ ވަޑައިގަތީ ދިވެހިރާއްޖެއަށެވެ. އެހެން ނަމަވެސް، ރައްޔިތުންގެ ރުޅިވެރިކަމާއި ކުރިމަތިލާންޖެހުމުގެ ސަބަބުން، އެނާވަނީ، ރާއްޖެ ދޫކޮށް، ސިންގަޕޫރަށް ވަޑައިގަންނަވާފައެވެ. އެނާ ވެރިކަމުން އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެން ރަސްމީ ސިޓީއެއްގެ ޒަރިއްޔާއިންނެވެ.

ސިންގަޕޫރުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ގޯޓަބަޔާ ފަހުން ހުންނެވީ، ތައިލެންޑުގައެވެ. އެނާއަށް ތައިލެންޑުގައި ހުރުމަށް ހުއްދަ ލިބިފައިވަނީ، 90 ދުވަހުގެ މުއްދަކަށެވެ. އެހެން ނަމަވެސް އެނާއަށް އެއްވެސް ސިޔާސީ ކަމެއްގައި ބައިވެރި ނުވެވޭނެ ގޮތަށް ޝަރުތުކޮށް، ގިނަ ވަގުތުތައް ހޮޓަލެއްގައި ހޭދަ ކުރުމަށް ޝަރުތު ކުރެވިފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބަނގުރޫޓުވެފައިވާ އަވެއްޓެރި ގައުމު ސްރީލަންކާއަށް ދަތި ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ އައިއެމްއެފްއިންވަނީ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އެގޮތުން އައިއެމްއެފްއިންވަނީ، ހަތަރު އަހަރަށް ބަހާލައިގެން 2.9 ބިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: