ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހް، ލަންކާ ރައީސްއަށް މަރުހަބާ ވިދާޅެއްނުވި! 

ރައީސް ސޯލިހާއި ރަނިލް ވިކްރަމަސިންހަ 
ރައީސް ސޯލިހާއި ރަނިލް ވިކްރަމަސިންހަ 
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އިންތިހާބު ވުމުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުނުވާކަން ފާހަގަ ކުރެވިއްޖެއެވެ.

އާއްމު ގޮތެއްގައި ގައުމުތަކުގެ ވެރިކަމަށް އާބޭފުޅުން އިންތިހާބު ކުރުމުން އެހެން ގައުމުތަކުގެ ވެރިން މަރުހަބާ ވިދާޅުވެ، މެސެޖްތައް ރައްދުކުރައްވައެވެ.

ރަނިލް ސްރީލަންކާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވުމުން ޗައިނާ، އިންޑިއާ އަދި އެމެރިކާ ފަދަ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ވެސް ވަނީ ރަނިލްއަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނުގެ ވެރިކަމުގައި ސްރީލަންކާއަށް ކުރިއެރުންތައް ލިބުމަށް އެދިފައެވެ.

ރައީސް ސޯލިހް ރަނިލްއަށް މަރުހަބާ ވިދާޅުވެ ބަޔާނެއް ނުނެރުއްވި ނަމަވެސް އަދި ޓްވީޓެއް ނުކުރެއްވި ނަމަވެސް ރައީސް ސޯލިހް ވަނީ އިންޑިއާގެ ރައީސް ކަމަށް ބުރާސްފަތި ދުވަހު ހޮވުނު ދްރޫޕަދީ މުރްމޫ އަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ދްރޫޕާދީގެ ގާބިލްކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ދްރޫޕާދީގެ ލީޑާޝިޕްގައި ވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދްރޫޕާދީ އިންޑިއާގެ ރައީސް ކަމަށް ހޮވުމުން އެކަމަނާގެ ލީޑާޝިޕްގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އިންޑިއާގެ ރައީސް އަކީ އަމަލީ ގޮތުން އެއްވެސް މުހިއްމު ނިންމެވުމެއް ނިންމެވޭ ބޭފުޅެއް ނޫނެވެ. އިންޑިއާގައި ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. އިންޑިއާ ސަރުކާރު ހިންގުމުގެ ބާރު އޮންނަނީ ބޮޑުވަޒީރަށެވެ.

ރައީސް ސޯލިހް ރަނިލްއަށް މަރުހަބާ ވިދާޅުނުވިއިރު ސްރީލަންކާގެ ރައީސް ކަމުން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި ގޮތަބަޔާ ރާޖަޕަކްސަ ފިލަން ދިވެހި ސަރުކާރުން އެހީތެރިވި މައްސަލައިގައި ސްރީލަންކާ ރައްޔިތުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: