ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލްހަވެރިކަމާއެކު މުޒާހަރާކުރުމުގެ ހައްގަކީ މުހިއްމު ކަމެއް: އިނގިރޭސި ސަފީރު ސާރާ ހަލްޓަން

އިނގިރޭސި ވިލާތުން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ސާރާ ހަލްޓަން އާއި ސްރީލަންކާގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ހިންގާ މުޒާހަރާތައް ހުއްޓުވުމަށް، ބަރު ހަތިޔާރު އެޅި ސިފައިންގެ ހަރަކާތްތެރިވަމުންދާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރުމުގެ ހައްގުތަކުގެ މުހިންމުކަން ފާހަގަކޮށްފައިވާނެކަމަށް އެ ގައުމަށް ކަނޑައަޅާފައިވާ އިނގިރޭސިވިލާތުގެ ސަފީރު ސާރާ ހަލްޓަން ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ސްރީލަންކާގެ ރައީސް އޮފީސް ހުންނަ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިންތަކެއް ހަދާފައިވާ ކޭމްޕު ސައިޓަކަށް ދަންވަރުގެ ވަގުތެއްގައި “އަރައިގަނެފައިވާ” މައްސަލައާއި މެދު، އެގައުމަށް ކަނޑައެޅިފައިވާ ޑިޕްލޮމެޓުން އަންނަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން، އިނގިރޭސިވިލާތުން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ސާރާ ހަލްޓަން ވިދާޅުވީ، ސްރީލަންކާގެ ގޯލް ފޭސް ސަރަހައްދުގައި ހިނގާފައިވާ ހަމަނުޖެހުމާއި ގުޅޭގޮތުން އެނާއަށް ލިބެމުންދާ މައުލޫމާތުތަކާއިމެދު ކަންބޮޑުވެލައްވާކަމަށެވެ.

ސްރީލަންކާގެ ރައީސް އޮފީސް ހުންނަ ސަރަހައްދުގައި ކޭމްޕު ސައިޓެއް ޖަހައިގެން ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސިފައިންނާއި ފުލުހުން ވަދެގަނެ، ހިނގާފައިވާ ހަމަނުޖެހުމާއިމެދު ލިބެމުންދާ މައުލޫމާތާއި ގުޅިގެން ކަންބޮޑުވެލައްވާކަމަށް ފާހަގަކުރައްވާ ސާރާ ވިދާޅުވީ، ސުލްހަވެރިކަމާއިއެކު، އިހުތިޖާޖާއި، މުޒާހަރާތައްކޮށް، ރައްޔިތުންގެ ޝުއޫރުތައް ފާޅުކުމުގެ މިހުންމުކަން އެނާ ވާނީ ފާހަގަކޮށްފައިކަމަށެވެ.

ސްރީލަންކާގެ ގޯލް ފޭސް ސަރަހައްދުގައި ހިނގައިފައިވާ ހަމަނުޖެހުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އެގައުމަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ. އެގޮތުން އެމެރިކާގެ ސަފީރު ޖޫލީ ޗަންގް ވިދާޅުވީ، ސްރީލަންކާގެ ސަރުކާރުން، މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއިމެދު، އެނާ އިންތިހާއަށް ކަންބޮޑުވެލައްވާކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް، ލަސްނުކޮސް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގޮވާލާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާއަށް އެމެރިކާއިން ކަނޑައެޅިފައިވާ ސަފީރުގެ އިތުރުން ކެނެޑާގެ ސަފީރުވެސް ވަނީ، ގޯލްފޭސް ސަރަހައްދުގައި ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިއެވެ. އެގޮތުން ޑޭވިޑް މެކިނަން ވިދާޅުވީ، ގޯލް ފޭސް ސަރަހައްދުގައި ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް މިހާރު އަޅަންވީ ސަބަބު އެނާއަށް ސާފުނުވާކަމަށެވެ. އަދި ސަރުކާރުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ގަދަ ބާރު ބޭނުން ނުކުރުމާ އަނިޔާތައް ލިބިގެންދާފަދަ އަމަލުތައް ނުހިންގުން މުހިންމުކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ހާލަތާއިމެދު އެ ގައުމަށް އެހެނިހެން ގައުމުތަކުން ކަނޑައަޅާފައިވާ ސަފީރުންގެ ކަނބޮޑުވުންތައް ފާޅުކުރައްވާފައި މިވަނީ، ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންވެގެން އެ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް އެދި ގޮވާލަމުންދާ މުޒާހަރާތަކުގެ ބައިވެރިން ހުއްޓުވުމަށް ބޮޑު އޮޕަރޭޝަނެއް ހިންގައި ރައްޔިތުންތަކަކަށް އަނިޔާތަކެއްވެސް ލިބުމާއި ގުޅިގެންނެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން މީޑިއާތަކަށް ހިއްސާކޮށްފައިވާގޮތުން، ނޫސްވެރިންތަކަކަށްވެސް ފުލުހުންނާއި ސިފައިންވަނީ ހަމަލާދީފައި ކަމަށެވެ.  އަދި އެ ހަމަލާތަކުގައި، އާންމުންގެ އެތައް ބަޔަކަށް، އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށްވެސް މަންޒަރު ދުއްފަރާތްތަކުންވަނީ މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.

ސްރީލަންކާގެ މާލީ އަދި އިޖްތިމާއީ ހާލަތު ދަށަށް ދިއުމާއި ގުޅިގެން ރައްޔިތުން ނުކުމެ މުޒާހަރާތަކެއް ކޮށް، އެގައުމުގެ ކުރީގެ ރައީސް ގޯޓަޔަބާ ރާޖަޕަކްސާއަށް އިސްތިއުފާދިނުމަށް މަޖުބޫރު ކުރުވުމުގެ ސަބަބުން، އެނާވަނީ، ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ސިންގަޕޫރަށް ފުރާވަޑައިގެން އެގައުމުގައިހުރެ، އިސްތިއުފާދެއްވާފައިއެވެ. އެނާގެ އިސްތިއުފާއާއިއެކު، އެގައުމުގެ މަޖިލީހުގައި ބޭއްވުނު އިންތިހާބައެެއްގެ ތެރެއިން ވަގުތީ ރައީސްގެ މަގާމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަވަނީ އައްޔަނު ކުރެވިފައިއެވެ.

ވަގުތީ ރައީސްކަމާއި ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހެ ހަވާލުވުމާއި ގުޅިގެން، ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް ރައީސް ގޯޓަބަޔާ ނިސްބަތްވާ ޕާޓީ އެސްއެލްޕީޕީގެ ޕާލިމެންޓް މެމްބަރު ޑިނޭޝް ގުނަވަރދެނަވަނީ އައްޔަނު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: