ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާއަށް އާ ފައިނޭންސް ޕްލޭނެއް ނެތް ކަމުގައި ވޯލްޑް ބޭންކުން ބުނެފި

ސްރީލަންކާ ރައްޔިތުން ފުލުހުންނާއި ކުރިމަތިލަނީ: ފޮޓޯ/ ގެޓީ އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާ އަށް އާ ފައިނޭންސިން ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމުގައި ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާއަށް އިގްތިސާދީ ހަމަޖެހުން ގެނައުމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމުގައެވެ.

އިގްތިސާދީ ހާލަތު ގޯސްވެ ލަންކާގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ކުރަމުންގެންދާ އަސަރުތަކާއި މެދު ވޯލްޑް ބޭންކުން ކަންބޮޑުވާ ކަމުގައި އެބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު ދޫކޮށްފައިވާ ލޯނުތަކުގެ ދަށުން ސްރީލަންކާގައި ވަސީލަތްތަށް ބޭނުން ކުރަމުންދަނީ ބޭހާއި ކައްކާ ގޭހާއި ތަރުކާރީއަށާއި ކުޑަކުދިންނަށް ބޭނުންވާ ކާނާ އަދި ނިކަމެތި ގޭބިސީ ތަކަށް ބޭނުންވާ ނަގުދު ފައިސާ ދިނުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި އެ ބޭންކުން ލޯނުގެ ގޮތުގައި ކުރިން ސްރީލަންކާ އަށް ދޫކޮށްފައިވާ ފައިސާ އިންސާފުވެރިކަމާއެކު ބަހާނެ ކަން ކަަށަވަރު ކުރުމަށް ކޮންޓްރޯލް އަދި ޑިފިޝަނަލް އޯވަސައިޓް ގާއިމް ކުރުމަށް ވަރަށް ގާތުން ދަނީ މަސައްކަތް ކުރަމުން ކަމުގައެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ މިދިޔަ ޖޫންމަހު ވިދާޅުވެފައިވާ ގޮތުން ވޯލްޑް ބެންކުން މިހާރު ހިންގާ 17 މަޝްރޫއެއް ރީސްޓްރަކްޗާ ކުރުމާއި އިތުރު އެހީތައް ދޭނީ ފައިނޭންސިން ލޯނާއި ބެހޭ ގޮތުން އިންޓަރނޭޝަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އެކު ކުރެވޭ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުން ސްރީލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: