ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރުޝަދު ބަންދުން ދޫކޮށްލި މައްސަލަ ހޫނުވެ، ދައުލަތުން ސުޕްރީމް ކޯޓަށް ދަނީ!

މަސްތުވާތަކެތީގެ ބޮޑެތި ތުހުމަތުތަކެއް ކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ތުހުމަތު ކުރާ، އަރުޝަދު ހާލިދު ފުލުހުންގެ ބަންދުން ދޫކޮށްލިި މައްސަލަ ހޫނުވެ، ދައުލަތުން ސުޕްރީމް ކޯޓަށް ދިއުމަށް ނިންމައިފި އެވެ.

އަރުޝަދު ލަންކާ މަގުން ދުބާއީއަށް ދިއުމުން، އޭނާ އެއާޕޯޓުން ހިފަހައްޓައި އަނބުރާ ފޮނުވާލާފައި ވަނީ މިދިޔަ ހަފްތާގަ އެވެ. އަދި ލަންކާގެ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހުރުމަށް ފަހު އަރުޝަދު ރާއްޖެ އައުމުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އަރުޝަދު ފުރުން މަނާކޮށް ބަންދުން ވަނީ ދޫކޮށްލާފަ އެވެ.

ބަންދާއި މެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ރޭ ތާވަލުކޮށްފައި އޮތް އަޑުއެހުމަށް، ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް އޮއްވައި އަރުޝަދު ކޯޓަށް ހާޒިރުވެފައި ވަނީ އަމިއްލައަށެވެ.

ފުލުހުން އަރުޝަދު ދޫކޮށްލާފައި ވަނީ ގަސްތުގައިކަމަށް ބުނެ ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށް، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ބުނީ މައްސަލައިގައި ފުލުހުން އަމަލު ކުރީ ހައިކޯޓުގެ އަމުރާ ހިލާފަށްކަމަށާއި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއި އެކު، އެކަމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ފުލުހުންނަށް ދިން ކަމަށެވެ. ނަމަވެސް އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެއްވެސް އިރުޝާދެއް ދީފައިނުވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވާގޮތުން، އަރުޝަދު ދޫކޮށްލާފައި ވަނީ ތަހުގީގު ކުރާ ފަރާތާއި އެ ޑިޕާޓްމަންޓަށް އެއްވެސް އެންގުމެއް ނެތި އެވެ. އެހެންކަމުން، ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރު ކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެކަން ބަޔާނުގައި ފާހަގަކުރި އެވެ. އަދި މައްސަލަ ޕޮލިސް ބޯޑުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާކަމަށް ޕީޖީން ބުންޏެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަރުޝަދު ހައްޔަރު ކުރީ، މާލޭގެ ގެއެއް ބަލާ ފާސް ކުރުމުގެ ތެރެެއިން 09 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ލީޑަރުކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ޑައަމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އަރުޝަދު އެ މައްސަލައިން އެފަހަރު ދޫވީ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ އަރުޝަދާއި ގުޅުން ހުރި ގެތަކުން ގަނޑުކޮށް މަސްތުވާތަކެތި ވިއްކުމަށް ޕެކްކޮށްފައި ހުރި ތަކެއްޗާއި، ކުދި ޕެކެޓުތަކުގައި ހުރި މަސްތުވާތަކެތި ވެސް ފެނިފައިވާކަމަށް ބުނެފަ އެވެ. އަދި އަރުޝަދު އެތެރެކޮށް ވިއްކާ މަސްތުވާތަކެތީގެ ޕެކެޓުތަކުގައި ނޫ ކުލައިގެ ރޮނގެއް ކުރަހާފައި ހުންނަކަން ފުލުހުން ފާހަގަ ކުރި އެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 64%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: