ރަހުމްކުޑަ ގޮތަކަށް މަރާލެވިފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ބުނެފިއެވެ.
ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި ރަހުމުކުޑަ އަދި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ފޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ފުލުހުން ތަހުގީގަށް ދިޔައިރުވެސް ޝިއާއުގެ މަރުގެ ތުހުމަތުކުރެވޭ މީހާކަމަށްވާ ޝާހިލް ކްރައިމް ސީންގައި ހުރިކަމަށާއި އޭނާ އެރޭ ހައްޔަރުކުރިކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅިގެން ފުލުހުން ހޯދަންޖެހޭ މައުލޫމާތު ސާފުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މައްސަލައިގެ ހަގީގަތް ހޯދުމަށް ޝިއާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ބޮޑެތި އަނިޔާތަކެއް ޝިއާއަށް ދީފައިވާކަން ފާހަގަކޮށް ބަޝީރު ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް 45 އަށް ވުރެ ގިނަ މީހުންނާއި ސުވާލު ކުރެވިފައިވާ ކަމަށެވެ.
ޝިއާގެ މަރުގެ މައްސަލައިގައި މިހާތަނަށް 45 އަށް ވުރެ ގިނަ މީހުންނާއި ސުވާލު ކުރެވި މައްސަލައާއި ގުޅުން ހުރި އެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖް ތައް ބަލައި ދިރާސާކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ފޮރެންސިކް ތަހުލީލަށް ބޭނުންވާ އެކިއެކި ޑިޖިޓަލް ޑިވައިސްތަކާއި ކަމާއިގުޅުންހުރި އެހެނިހެން އެއްޗިހި އެނަލައިޒް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގަށް ޝާހިލްގެ ފޯނުގެ ޕާސްވޯޑު ހޯދުމަށް ކުރި މަސައްކަތުގައި އޭނާގެ އެއްބާރުލުމެއް ލިބިފައި ނުވާތީ ފޮރިންސިކް އިން ވަނީ މަސައްކަތްތަކެއްކޮށްފަ އެވެ. ފުލުހުން ބުނީ ފުރަތަމަ ސްޓޭޖްގައި ފޯނުގެ ޕާސްވޯޑް ދޭން ޝާހިލް ދެކޮޅު ހެދުމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނު ކަމަށެވެ. އަދި އޭގެ ފަހުން ވެސް އެއްބާރުލުން ނުދީ ހުރުމަށް ފަހު، ފަހުން ޕާސްވޯޑު ދޭން އެއްބަސްވިކަމަށް މައުލޫމާތު ދެއްވި އެވެ.
އިތުރު މައުލޫމާތުތައް ހިއްސާ ކުރައްވައި ބަޝީރު ވިދާޅުވީ ޝާހިލްގެ ފޯނު މިހާރު އަންލޮކް ކުރެވިފައިވާ ކަމަށާއި ޝިއާއު މަރާލި ސަބަބު ފޯނުގެ އެހީގައި ދެނެގަނެވޭނެކަމަށެވެ. މި މައްސަލައިގައި ދައުވާ ކުރުމަށް ކުރިޔަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ހުށަހަޅާނެކަމަށް ބަޝީރު ވިދާޅުވި އެވެ.
އަނިޔާވެރި ގޮތަކަށް މިއަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

