ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއުގެ މަރު: ޝާހިލް އަށް ވަކީލަކު ހަމަޖައްސައިދެނީ

ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އަލީ ޝާހިލް އަށް ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން ފުރުސަތު ދީފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޝިއާއުގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދީފައިވާ ކަމަށެވެ.

ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާއެވެ.

އިތުރު ހަތަރު ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަރިޔަމް ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ފެނުނީ ހ ޝީރީން ވިލާގެ ނުވަވަނަ ފްލޯގައެވެ.

މައްސަލައިގައި ފުލުހުންނަށް އެންމެ ބޮޑަށް ދަތިވީ، ޝާހިލްގެ ފަރާތުން އެއްބާރުލުމެއް ނުލިބުމުންނެވެ. ނަމަވެސް މިހާރު ތަހުގީގަށް އޭނާ ވާހަކަ ދައްކަމުން ދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ ޝިއާއު މަރާލާފައި ވަނީ، ރާވައިގެންކަމަށް ނުބެލެވޭކަމަށާއި އެއީ ދިމާވި ކުއްލިކަމެއްގެ ތެރެއިން ހިނގައިދިޔަ ހާދިސާއެއްކަމަށް ބެލެވޭ ކަމަށެވެ. ޝާހިލް ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: