ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަށް ދެވަނަ ދައުރެ ދީފިނަމަ ޖެހޭނީ ކަޝްމީރަށް ޖެހުން ހާލު: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރޭ ކެލާގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ ރާއްޖެއަށް ޖެހޭނީ ކަޝްމީރަށް ޖެހުނު ހާލުކަމަށް، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅަށް ކުރައްވާ ދަރުފުޅުގެ ތެރެއިން، ކެލާއަށް ވަޑައިގަންނަވާ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ގައުމުގެ ހާލަތު އޮތް ގޮތުން ކަންބޮޑުވާކަމަށާއި، އަނެއްކާވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ދެއްވައިފިނަމަ ޖެހޭނީ މި ހާލުކަމަށެވެ.

މިއަދު މިއޮތް އަނިޔާވެރި ނުބައި ނުލަފާ ޖައްބާރު ޖާހިލު ސަރުކާރަށް ދެވަނަ ދައުރެއް ދީފިއްޔާ ދެން ދިވެހިންގެ ވާހަކަ ދިވެހިން ދައްކާނެކަމެއް ނެތް

އަބްދުލްރަހީމް ވިދާޅުވީ އެހިސާބުން ދިވެހިން ދެން ދިރިއުޅެން ޖެހޭނީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަމަށާއި، ދިވެހިންނަށް ޖެހޭނީ ކަޝްމީރަށް ޖެހުނު ހާލުކަމަށެވެ.

މަލިކު މީހުން އެއުޅޭގޮތަށް. އެއަށްވުރެވެސް ނުބައިކޮށް ކަޝްމީރު އެ އޮތީ، ކަޝްމީރުގައި މުސްލިމުން އެ ތަހައްމަލުކުރަމުންގެންދާ އަނިޔާ އާއި ހިތާމަ އާއި ހިތްދަތިކަން ތަހައްމަލުކުރަން އަޅުގަނޑުމެން ތައްޔާރުވީމަ ނިމުނީ

ދިވެހި ރާއްޖެއަކީ އެތައް ހާސް އަހަރެއްގެ ދިގު ތާރީހެއް އޮތް ގައުމެއްކަމަށް ފާހަގަކުރައްވަ އަބްދުލްރަހީމް ސުވާލުއުފެއްދެވީ، ކަން މިހެން އޮތްއިރު ރާއްޖެ ބައެއްގެ އަޅުވެތިވާން ޖެހޭ ސަބަބާއިމެދުގައެވެ. އަބްދުލްރަހީމް ވިދާޅުވީ ޝަރަފާއި އިއްޒަތް އޮންނާނީ އަމިއްލަވަންތަކަމުގައިކަމަށާއި، ކަމެއް ބޭނުންވެގެން ބައެއްގެ އަޅުވެތިވި ނަމަވެސް ލިބޭނެ އެއްޗެއް ނޯންނާނެކަމަށެވެ.

ދިވެހި ގައުމަށް ބޭނުންވަނީ އަމިއްލަވަންތަ ވެރިކަމެއް ކުރައްވާނެ ވެރިއެއްކަމަށް އަބްދުލްރަހީމް ފާހަގަކުރެއްވިއިރު، އިދިކޮޅުން ސަރުކާރަށް އަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ އަދި ކުރާ ތުހުމަތަކީ މި ސަރުކާރު އިންޑިއާގެ ދަށުވެފައިވާކަމަށް ބުނެ ދައްކަވާ ވާހަކަތަކެވެ.

ގައުމުގެ އިގްތިސާދީ ފުދުންތެރިކަން ނެތް ނަމަވެސް، އެއީ ބައެއްގެ އަޅުވެތިކަމަށް ދާންޖެހޭ ސަބަބެއް ނޫންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުގައި މިކަން ސާބިތުކޮށްދެއްވިކަމަށާއި، އިގްތިސާދަށް ޖެހިފައި އޮތް ހާލު ރަނގަޅުކޮށް ދިވެހި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ސިޔާސީ ލީޑަރު އެބަތިބިކަން ރައީސް ޔާމީން ދައްކަވައިދެއްވިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ނަމަވެސް 2018 ހެދި ގޯހެއްގެ ސަބަބުން ގައުމުގެ ހާލަތު ގޯސްވެ، ރައްޔިތުން ހާލުގައި ޖެހުނީކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އެ ގޮސް ހެދީ ދިވެހި ރައްތުން ނޫންކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ބަޔަކު ދިވެހިންތަކެއް ލައްވާ ކުރުވިކަމެއްކަމަށެވެ.

މި ގޯސް ހެދީ މައިގަނޑު ގޮތެއްގަ ދިވެހިރާއްޖޭގެ ވެރިކަމުގެ ދަހިވެތިވެފަ ތިބީ. މަވެތިކަން އިންތިހާއަް ގޮއްސަ ތިބި ހައެއްކަ ދިވެހިން. ހައެއްހަ ދިވެހިންގެ ނަންތައް އަލުގަނޑު ކިޔާފިން އެއްފަހަރު. މި މީހުންގެ އަމިއްލަ އެދުމަށްޓަކައި ދިވެހިރާއްޖޭގެ ޝަރަފާއި، އިއްޒަތާއި ކަރާމާތް ނަގާލީ

ދިވެހިރާއްޖޭގެ ޝަރަފާއި، އިއްޒަތާއ،ި ކަރާމާތް އަދި މިނިވަންކަން ނަގާލީ އަމިއްލަ ފައިދާއަށްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ޒަމާނުންސުރެ މިފަދަ ވަގުތެއްގެ ނާޖާއިޒު ފައިދާ ނަގަން ތައްޔާރަށް ތިބި ބަޔަކު އެބަތިބިކަމަށް ވިދާޅުވެ، އަބްދުލްރަހީމް އިޝާރާތްކުރެއްވީ އިންޑިއާއަށްކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: