ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހާލަތު އޮތީ ރަނގަޅު ފައްތަރެއްގައި: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދު އަންނަނީ އަންދާޒާ ކުރިމިންވަރަށްވުރެ ރަނގަޅުވަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ރަނގަޅު ފައްތަރެއްގައި ކަަމަށެވެ.

އަމީރު ވިދާޅުވީ މިދިޔަ އަހަރު އަންދާޒާ އަކަށްވީ ރާއްޖޭގެ އިގްތިސާދު ކުރިއަރާ ދާނީ 37 ޕަސެންޓް ކަމަށާއި މިހާރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ އަންދާޒަކީ 41.6 ޕަސެންޓު ކަމުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން އައިސްފައިވާ ކަމަށެވެ.

“ މިދިޔަ އަހަރު ނިމުނުއިރު އަންދާޒާ އަކަށްވީ ރާއްޖޭގެ އިގްތިސާދު ކުރިއަރައި ދިޔައީ 37 ޕަސެންޓް ކަމަށް. މިހާރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ އަންދާޒާ އަކީ 41.6 ޕަސެންޓް. މިދިޔަ އަހަރު ރާއްޖޭގެ ގްރޯތު އައޭ، ދުނިޔޭގެ ނިސްބަތުން ކޮވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުްނ އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން އެބަދޭ. އެހެންވީމަ ރާއްޖޭގެ އިގްތިސާދު މިވަނީ ވަރަށް ރަނގަޅު ފައްތަރެއްގައި.“ އަމީރު

ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުމާއި މުސްތަގުބަލާއި މެދު ބައިނަލްއަގްވާމީ ދުނިޔެއިން ދެކޭ ގޮތް އަދިވެސް އޮތީ ހީނަރުކަންކަމެއްގެ ތެރޭގައެވެ. އެގޮތުން ފިޗްގެ ރޭޓިންގ އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް ފިޗްގެ ރޭޓިންގ ރާއްޖެއާ މެދު އޮތީ ނެގެޓިވް ކޮށެވެ.

އެކަމާއި ގުޅިގެން އަމީރު މިއަދު ވިދާޅުވީ ދުނިޔޭގެ އެހެނިހެން އިގްތިސާދަށް އަންނަ ލޮޅުންތަކާއެކު ދިވެހިރާއްޖޭގެ އައުޓްލުކްވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ދަރަނި ދެއްކުމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދަރަނި އަދާކުރުމުގެ ގާބިލު ކަން އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: