ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެމްއެފުން ބުނާ ގޮތުން ރާއްޖޭގެ އިގްތިސާދު ދަނީ ބާރަށް ކުރިއަރަމުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ އައިއެމްއެފްގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސްރިލީޒްގައި ފާހަގަކޮށްފައިވާ ގޮތުގައި  ރާއްޖޭގެ އިގްތިސާދު ދަނީ ރަނގަޅުވަމުން ކަމަށެވެ. އަދި އެކަމަކީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ނަތީޖާގެ ގޮތުގައި އަމީރު ވަނީ ސިފަކުރައްވާފައެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި  ދިވެހި ރާއްޖޭގެ އިގްތިސާދު މިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށެވެ. އެގޮތުން 2022 ވަނަ އަހަަރަށް ސަރުކާރުން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިޔާ ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފައިކަމަށެވެ. އަދި މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

އއަމީރު ވިދާޅުވީ އިގްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވަން ނޫންކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަބަދުވެސް އިސްކުރައްވަނީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

 

ކައިރި ގައުމުތަކުން ފެނިގެންދާ ހަގީގަތަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި އިގްތިސާދީ ސިޔާސަތުތައް ކޮމްޕްރޮމައިޒް ވުމުން އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހޭ ތަން ކަމަށާއި އެކަން ތަހައްމަލު ކުރަންޖެހެނީ ވަރަށް ހިތިކޮށް ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: