ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިންނަށް އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފް ކުރަން ނިންމައިފި

ކާށިދޫ ދަނޑުވެރިންނާއިއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދަނޑުވެރިންނަށް ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފް ކުރެއްވުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކ. ކާށިދޫގެ ދަނޑުވެރިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ލޯނު ނަގައިގެން، ދަނޑުވެރިކަން ކުރުމުގައި ޤުދުރަތީ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫނުބެއްދޭކަން ދަނޑުވެރިން ފާހަގަކޮށް އިންޝުއަރެންސް ސްކީމެއްގެ މުހިއްމުކަން ފާހަގަކޮށްފައި ވާއިރު، ކާށިދޫ ދަނޑުވެރިންނާއި އެކު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި، ރައީސް ވިދާޅުވީ، ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށްވާތީ، ސަރުކާރުން އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން، މިއަހަރުގެ ދަނޑުވެރިންގެ މައުރަޒުގައި އެލައިޑް އިންޝުއަރެންސްއިން ބައިވެރިވެފައިވާކަމާއި އެކަމާއި ގުޅޭ ގޮތުން އެލައިޑް އިންޝުއަރެންސާ އެކު ވާހަކަތައް ދެކެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކާށިދޫގެ ބިމާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ކާށިދޫގެ ގުދުރަތީ ބިން، ކާށިދޫ ދަނޑުވެރިކަމަށް ބޭއްވުން ކަމަށާއި، ރަށުގެ ހުޅަނގު ފަރާތުން ފަތުރުވެރިކަމަށް ބޭނުންވާ ބިން ހިއްކުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކާށިދޫ ދަނޑުވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގެ ދަނޑުވެރިންނާއި ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދަނޑުވެރިން ފާހަގަކުރި ދަތިކަންކަމުގެ ތެރޭގައި، ކާށިދޫގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް، މާލެއަށް އުފުލުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބޭކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓަށް ތަކެތި ވިއްކުމުގައި ހުރި ދަތިތަކާއި، މާކެޓްގައި ހުރި އަގަށްވުރެ ކުޑައަގެއްގައި ތަކެތި ވިއްކަންޖެހޭކަމާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކާށިދޫގެ ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ނުލިބޭކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި، ސަރުކާރުން ދަނޑުވެރިކަމުގެ ސިޔާސަތާއި ގުޅިގެން އުފެއްދި އެގްރޯނެޓް ކުންފުންޏަކީ ދަނޑުވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ދަނޑުވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކުންފުންޏާއި އެކު ކުރިޔަށް ދިޔުމުގައި އުއްމީދު އެބައޮތް ކަމުގައި ވެސް ދަނޑުވެރިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: