ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަޔާންއަށް ހަމަލާ ދިނީ ގެއަށް ވަގަށް ވަދެ ފިލާ ތިބެގެން: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އަށް ހަމަލާ ދީފައި ވަނީ އޭނާ ދިރިއުޅޭ ގެއަށް މެންދަމު ވަގަށް ވަދެގެން ކަމަށާއި، އެ ހަމަލާއާ ގުޅޭ އިސް މީހުން އެވަގުތު ތިބީ ކެފޭއެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ޖޫން 2 ދެވަނަ ދުވަހު މަރާލި ޒަޔާންގެ މަރާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، ޒަޔާން އަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދިން ހަމަލާއެއް ކަމަށެެވެ. އަދި އޭނާއަށް ހަމަލާ ދީފައި ވަނީ އޭގެ ދެ ތިން ދުވަސް ކުރިން އައްޑޫގައި ހިނގި މާރާމާރީއަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި މިކަމުގައި މާލެ އަށް ނިސްބަތްވާ ގޭންގް ތަކާއި ގުޅުމެއް ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުން އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިބި ކަމަށާއި، އެތަނުން ބައެއް ފަރާތްތައް ހައްޔަރު ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސާމިހު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރި ބައެއް ފަރާތްތައް އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިބި ކަމަށާއި، އެތަނުން ބައެއް ފަރާތްތައް ހައްޔަރު ކުރި ކަމަށެވެ.

“މި ހާދިސައާ ގުޅިގެން ސީން އިން އެއްކުރެވުނު މާއްދީ ހެކިތަކުން މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެއްގެ ޑީއެންއޭ ލިބިފައިވާކަން”. ސާމިހު

ސާމިހު ވިދާޅުވި، މިހާތަނަށް ކުރެވުނު ތަހުގީގުން ކަށަވަރު ކުރެވޭ އެއް ކަމަކީ މި ހަމަލާ ދިނުމުގައި އާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަަމަށެވެ.

“އެގޮތުން އެ ފަރާތްތަކުގެ އުމުރު ފުރައަކީ 15 އަހަރާއި 19 އަހަރާއި”.

އެހެން ނަމަވެސް މި މީހުންނާއެކު އިތުރުން، މި ހަމަލާ ދިނުމުގައި މި މީހުންނަށް މަޝްވަރާ ދީ، މިކަމަށް ހިތްވަރުދީ، ހަމަލާ ދިނުމަށް ބޭނުން ކުރާނެ ހަތިޔާރާއި އެ ނޫންވެސް އާލާތްތައް ފޯރުކޮށްދިނުމުގައި އިތުރު މީހުންގެ ބައިވެރިވުންވާކަން ސާމިހު ފާހަގަކުރެއްވިއެވެ. އަދި ހަމަލާއަށް ބޭނުންވާ އިތުރު ހަތިޔާރު ހޯދާފައިވާ ގޮތް ތަހުގީގަށް ދެނެގަނެވިފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މި ހަމަލާ އާއި ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި ޒަޔާން އަށް ހަމަލާ ދިނުމަށް އޭނާ ދިރިއުޅުނު ސޮލިޑްގެއަށް ވަދެ އެގޭތެރޭގައި ފިލާ ތިބިއިރު، ހަމަލާ ރޭވުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހުން ފޭދޫގައި ހުރި ކެފޭއެއްގެ ތެރޭގައި އެރޭގެ މެންދަމު 12 އިން 1 އާ ދެމެދު ހަމަލާ ދިނުމާއި ހަމައަށް ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން ހަމަލާ ދިނުމަށްފަހު ހަމަލާދޭން ދިޔަ މީހަކު، ކެފޭގައި ތިބި މީހުންގެ ތެރެއިން އެކަކަށް ގުޅާފައިވާކަން ތަހުގީގަށް އެނގޭ ކަމަށް ސާމިހު އިތުރަށް ވިދާޅުވިއެވެ.

ސާމިހު ވިދާޅުވި، މި ހަމަލާ ރޭވުމުގައި އިސްކޮށް ތިބި ފަރާތްތަކުގެ މައިގަނޑު ރޭވުމަކީ މުޖުތަމައުގައި އުޅޭ ކުޑަކުދިން ނޫނީ ހަގު އުމުރު ފުރައިގެ ކުދިންނަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދީގެން، އެ ކުދިން “އެކްސްޕްލޮއިޓް” ކޮށްގެން ކުށުގެ ވެއްޓަށް އަހުލުވުވެރި ކުރުވުން ކަމަށެވެ.

އަދި މި ހަމަލާގެ މޯޓިވްއަކީ ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއް ނަމަވެސް، އޭގެ އިތުރުންވެސް އިތުރު މޯޓީވްއެއް މިކަމުގައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ސާމިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: