ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަޔާންގެ މަރުގެ މައްސަލަ: ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ،ގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ

1. ޔައީޝް އަންވަރު، ސ. ހިތަދޫ، ކަދުރުމާގެ

2. އައިލިޝް އަލީ، ސ. ފޭދޫ، ފުފޫމާގެ

3. އަހުމަދު ޝުއާއު، ސ. ފޭދޫ، ދިރިމާގެ

4. އަހުމަދު ނަބީލް، ސ. ފޭދޫ ސަންޝައިން

5. އަބްދުﷲ ނިޒާރު، ސ. ފޭދޫ، ކާމަރަނގަގެ

6. އަހުމަދު އަބްދުﷲ، ސ. ފޭދޫ، ކަރަންފޫގެ

7. އަބްދުﷲ ޝިޔާއު ރަޝީދު، ސ. ފޭދޫ، ދިރިމާގެ މައްޗަށެވެ.

މި ހަތް މީހުގެ ތެރެއިން ކޮންމެ ކީހެއްގެ މައްޗަށް 10 ދައުވާ ވަނީ އުފުލާފައެވެ. އެގޮތުން މި ހަތް މީހުންނަށް އުފުލާފައިވާ ދައުވާތަކަކީ

1 ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުން

2. ބިރުދެއްކުން

3. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

4. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

5. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

6. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

7. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

8. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

9. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

10. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން

ޕީޖީ އޮފީހުން ބުނި ގޮތުގައި މިމައްސަލައިގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ، އަދި ޢުމުރުން 18 އަހަރު ނުފުރޭ އިތުރު 03 (ތިނެއް) ކުދިންގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ 06 އޮކްޓޫބަރު 2022 ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާނެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، ޒަޔާން އަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދިން ހަމަލާއެއް ކަމަށެެވެ. އަދި އޭނާއަށް ހަމަލާ ދީފައި ވަނީ އޭގެ ދެ ތިން ދުވަސް ކުރިން އައްޑޫގައި ހިނގި މާރާމާރީއަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި މިކަމުގައި މާލެ އަށް ނިސްބަތްވާ ގޭންގް ތަކާއި ގުޅުމެއް ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުން އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ތެރޭގައި ފިލާ ތިބި ކަމަށާއި، އެތަނުން ބައެއް ފަރާތްތައް ހައްޔަރު ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސާމިހު ވިދާޅުވީ ތަހުގީގުން ކަށަވަރު ކުރެވޭ އެއް ކަމަކީ މި ހަމަލާ ދިނުމުގައި އާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަަމަށެވެ.

އެހެން ނަމަވެސް މި މީހުންނާއެކު އިތުރުން، މި ހަމަލާ ދިނުމުގައި މި މީހުންނަށް މަޝްވަރާ ދީ، މިކަމަށް ހިތްވަރުދީ، ހަމަލާ ދިނުމަށް ބޭނުން ކުރާނެ ހަތިޔާރާއި އެ ނޫންވެސް އާލާތްތައް ފޯރުކޮށްދިނުމުގައި އިތުރު މީހުންގެ ބައިވެރިވުންވާކަން ސާމިހު ފާހަގަކުރެއްވިއެވެ. އަދި ހަމަލާއަށް ބޭނުންވާ އިތުރު ހަތިޔާރު ހޯދާފައިވާ ގޮތް ތަހުގީގަށް ދެނެގަނެވިފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

މި ހަމަލާ އާއި ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި ޒަޔާން އަށް ހަމަލާ ދިނުމަށް އޭނާ ދިރިއުޅުނު ސޮލިޑްގެއަށް ވަދެ އެގޭތެރޭގައި ފިލާ ތިބިއިރު، ހަމަލާ ރޭވުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހުން ފޭދޫގައި ހުރި ކެފޭއެއްގެ ތެރޭގައި އެރޭގެ މެންދަމު 12 އިން 1 އާ ދެމެދު ހަމަލާ ދިނުމާއި ހަމައަށް ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން ހަމަލާ ދިނުމަށްފަހު ހަމަލާދޭން ދިޔަ މީހަކު، ކެފޭގައި ތިބި މީހުންގެ ތެރެއިން އެކަކަށް ގުޅާފައިވާކަން ތަހުގީގަށް އެނގޭ ކަމަށް ސާމިހު އިތުރަށް ވިދާޅުވިއެވެ.

ސާމިހު ވިދާޅުވި، މި ހަމަލާ ރޭވުމުގައި އިސްކޮށް ތިބި ފަރާތްތަކުގެ މައިގަނޑު ރޭވުމަކީ މުޖުތަމައުގައި އުޅޭ ކުޑަކުދިން ނޫނީ ހަގު އުމުރު ފުރައިގެ ކުދިންނަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދީގެން، އެ ކުދިން “އެކްސްޕްލޮއިޓް” ކޮށްގެން ކުށުގެ ވެއްޓަށް އަހުލުވުވެރި ކުރުވުން ކަމަށެވެ. އަދި މި ހަމަލާގެ މޯޓިވްއަކީ ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއް ނަމަވެސް، އޭގެ އިތުރުންވެސް އިތުރު މޯޓީވްއެއް މިކަމުގައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ސާމިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: